

ސަރުކާރު ހިންގާ ޕީއެންސީ އަކީ އެންމެ ވަގުން ގިނަ ޕާޓީ ކަމަށާއި އެކަމުގެ ލަގަބު އެ ޕާޓީއަށް ލިބޭ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފުން ސިލްސިލާކޮށް ބާއްވާ ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ ފައިސާ އަށް އެޗްޑީސީން ހިޔާނާތްތެރިވިކަން މުއިއްޒުއަށް އެނގޭކަމަށާއި ބޮޑު އަދަދުން ފައިސާ އެނެގީ ނުއަގުގައި ގޯތި ދީގެން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ހުރިހާ އިދާރާއެއްގައި މިހާރު އޮތީ ކޮރަޕްޝަންކަމަށާއި އަދި އެކަން ކުރުވަނީ މުއިއްޒު އަށް އިނގިގެން ކަމަށާއި މުއިއްޒު ކޮރަޕްޝަނާއި ދެކޮޅުނަމަ މިއިން ކޮންމެ މީހަކަށް ހުންނަން ވާނީ ފިޔަވަޅުއެޅިފައި ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން ހަޅޭލަވައިގަތުމުން ކޮރަޕްޝަންގެ އަމަލުތައް ހިންގި ބައެއް މީހުން މަގާމުތަކުން އިސްތިއުފާދީ އަދި މަގާމުތަކުން ދުރަށް ދިޔަ ނަމަވެސް އޭގެއިން މީހަކަށް ފިޔަވަޅެއް ނާޅާ ކަމަށާއި އެފަދަ ފަރާތްތަކުގެ މައްޗަށް ތަހުގީގެއް ވެސް ހިންގަން ބޭނުން ނުވަނީ މީގެތެރެއަށް ރައީސް މުއިއްޒުގެ ނަންފުޅު އަންނާނެތީ ކަމަށެވެ.
އަދި މި ސަރުކާރުގައި މިހާރު ތިބީ ފާޅުކަން ބޮޑު ގޮތެއްގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާ ބޭފުޅުން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
އެހެންވީމަ އެންމެ ގިނަ މެމްބަރުން ތިބި ޕާޓީގެ ލަގަބެއް ނޫން ލިބެންވީ. ފަހުރުވެރިވާންވީ އެންމެ ވަގުން ގިނަ ޕާޓީއަކީ މި ޕާޓީކަމަށް ބަލައިގެން، އެއަށް ފަހުރުވެރިވާންވީ. ނޫހުގެ ހެޑްލައިންތައް މިއަދު ކެޕްޗާ ކުރަންވީ އެންމެ ވަގުން ގިނަ، އެންމެ ކޮރަޕްޓް މީހުން ގިނަ، މުޅި ސަރުކާރު ދޮވެލައިފައި ނުކުމެ ތިބި ބައެއް މިހާރު މިތިބީ
ކޮރަޕްޝަން ނައްތާލާނަމޭ ވިދާޅުވެ، ރައީސް މުއިއްޒު އެ ކުރައްވަނީ ކޮން މަސައްކަތެއްތޯ ޔާމީން ވަނީ ސުވާލުއުފައްދަވައިފަ އެވެ. ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރައްޔިތުންގެ ވޯޓަކުން އައިސް ތިބި ނަމަވެސް މި ވެރިކަމުގައި ތިބި މީހުންގެ މައްޗަށް މިހާރު ރައްޔިތުންގެ އިތުބާރު ނެތް ކަމަށާއި ވެރިކަން ކުރުމުގެ އަހްލިއްޔަތު މުއިއްޒުގެ ކިބައިން ނިގުޅިފައިވާ ކަމަށެވެ.