March 20, 2026
Advertisement
ގެއެއްގެ ފަސް ވަނަ ފްލޯ އިން ކުއްޖަކު ވެއްޓެނިކޮށް ވަނީ ސަލާމަތްކޮށްފައި.
ގެއެއްގެ ފަސް ވަނަ ފްލޯ އިން ކުއްޖަކު ވެއްޓެނިކޮށް ވަނީ ސަލާމަތްކޮށްފައި. / ސޯޝަލް މީޑިއާ

ކުޑަކުއްޖަކު ކުޑަދޮރުން ނުވެއްޓި ސަލާމަތްވީ ހަމަ ކިރިޔާ..!

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 25, 2025, 03:31 AM
މާލެ ސިޓީ

މާލޭގެ އިމާރާތެއްގެ ފަސްވަނަ ފްލޯއިން ކުޑަކުއްޖަކު ކިރިޔާ ނުވެއްޓި ސަލާމަތްވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

Advertisement

ވީޑިއޯގައި ފެންނަނީ، ހެންވޭރު ބުރެވިމަގުގައި ހުރި އެ ގޭގެ ކުޑަދޮރަކުން ކުއްޖަކު ފައިބަން މަސައްކަތް ކުރާ މަންޒަރެވެ. ސީދާ މަގަށް ހުރި އެ ދޮރާ ދިމާލުން ބެލްކަންޏެއް ވެސް ނެތެވެ.

ގާތްގަނޑަކަށް 50 ސިކުންތުގެ އެ ވީޑިއޯގައި ފެންނަ ގޮތުގައި ކުޑަކުޑަ ކުއްޖަކު ކުޑަދޮރުމައްޗަށް އަރައި ބޭރަށް ދެ ފައި ތިރިކޮށް ފައިބަން އުޅެ އެވެ. އަދި އަނެއްކާ މައްޗަށް އަރައި ކުޑަދޮރުމަތީ، ބޭރަށް ދެ ފައި ބާލައިގެން އިށީނދެގެން ވެސް އިނދެ އެވެ.

އޭރު މަގުމަތީގައި ތިބި މީހުން އެ ކުއްޖާއަށް ގޮވައި، އެތެރެއަށް ވަންނަން ގޮވާ އަޑު އިވެ އެވެ. އޭގެ ފަހުގައި ކުޑަދޮރުން ގޭގެތެރެއަށް ކުޑަކުއްޖާ ދަމައިގަންނަ ތަން ފެނެ އެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެ އެވެ.

އަދި ހާދިސާގައި ހިމެނޭ ކުއްޖާއަށް އެއްވެސް އަނިޔާއެއްވީ ކަމުގެ މައުލޫމާތެއް ވެސް ނުލިބެ އެވެ.

މާލޭގެ އުސް އިމާރާތްތަކުގެ ބެލްކަނީންނާއި ކުޑަދޮރު ކައިރީ، ބޮޑު މީހަކު ނެތި މިހެން ކުޑަކުދިން އުޅޭ މަންޒަރު ފެންނަ ވީޑިއޯ ދޭތެރެއަކުން ދައުރުވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved