ފަތުރުވެރިން ރާއްޖޭގައި / ގޫގުލް
ހަބަރު, ވިޔަފާރި
އަހަރުގެ ފުރަތަމަ 21 ދުވަހުގެ ތެރޭގައި ރާއްޖެއަށް ވުރެ ސްރީލަންކާ ފަތުރުވެރިކަމުގެ ދާއިރާގައި ކުރީގައި!
Hussain Nawaf
ހުސައިން ނަވާފް
25 ޖެނުއަރީ 2025

އަހަރުގެ ފުރަތަމަ 21 ދުވަހުގެ ތެރޭގައި ރާއްޖެއަށް ވުރެ ސްރީލަންކާ ފަތުރުވެރިކަމުގެ ދާއިރާގައި ކުރީގައި އޮތްކަން ހާމަވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމު ކުރާ ޑެއިލީ ޓުއަރިސްޓް އަރައިވަލްސް ރިޕޯޓުގައިވާ ގޮތުގެ މަތިން 21 ޖެނުއަރީ 2025ގެ ނިޔަލަށް ދިވެހިރާއްޖެއަށްވަނީ 139,682 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ޑެއިލީ ޓުއަރިސްޓް އަރައިވަލްސް 21 ޖެނުއަރީ 2025ގައި

ސްރީލަންކާގެ ޓުއަރިޒަމް ޑިވަލޮޕްމަންޓް އޮތޯރިޓީން ނެރުނު ވީކްލީ ރިޕޯޓުގައިވާ ގޮތުގެ މަތިން އަހަރުގެ ފުރަތަމަ 21 ދުވަހުގެ ނިޔަލަށް އެ ގައުމަށް ޒިޔާރަތްކޮށްފައިވަނީ 177,403 ފަތުރުވެރިންނެވެ.

ލަންކާގެ ޓުއަރިޒަމް ވީކްލީ ރިޕޯޓު 21 ޖެނުއަރީ 2025ގައި

އެގޮތުން ރާއްޖެ އާއި އަޅާ ކިޔާއިރު އަހަރުގެ ފުރަތަމަ 21 ދުވަހު ލަންކާއަށްވަނީ 37,721 އިތުރު ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރު ހޮވުނުފަހުން ސަރުކާރުގެ އިސް ފަޑީގައި ތިބި ބައެއް ޑެޕިއުޓީ މިނިސްޓަރުން އިންޑިއާގެ ޕްރައިމް މިނިސްޓަރ ނަރެންދްރާ މޯދީއަށް ހަނގާ ކުރުމުގެ ސަބަބުން އިންޑިއާ މާކެޓުވަނީ ގެއްލިފައެވެ. އެގޮތުން ތަފާސް ހިސާބުން ދައްކާ ގޮތުގައި އިންޑިއާއިން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ނިސްބަތަކީ 2.9 އިންސައްތައެވެ. އެއީ 6.531 ފަތުރުވެރިންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved