މަލީހް ޖަލްސާގައި ވާހަކަ ދައްކަވަނީ / ތޭރަގްރެފިކްސް
ސިޔާސީ
އިލެކްޝަންސް ކޮމިޝަން އީސީގެ ރައީސަކީ މިވަގުތު ރައީސް މުއިއްޒު: މަލީހު
Hussain Nawaf
ހުސައިން ނަވާފް
25 ޖެނުއަރީ 2025

އިލެކްޝަންސް ކޮމިޝަން އީސީގެ ރައީސަކީ މިވަގުތު ރައީސް މުހައްމަދު މުއިއްޒުކަމަށް ޕީޕްލްސް ނޭޝަނަލް ފްރަންޓްގެ ސެކްރެޓަރި ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ޕީއެންސީން ވަގު ފޯމު ހުށަހެޅި މައްސަލަ ބޮޑުވުމުގެ ސަބަބުން ހުރިހާ ސިޔާސީ ޕާޓީއެއްގެ ދަފުތަރު ރަނގަޅުތޯ ބެލުމަށް، ޝަކުވާ ހުށަހެޅުމަށް އީސީންވަނީ ހުޅުވާލައިފައެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އީސީއަށް ޝަކުވާ ހުށަހެޅުމަށް ކުރަންޖެހޭ ކަންކަން ދައްކުވައިދޭ ވީޑިއޯއެއްވެސް އެޓެޗް ކުރައްވާފަވެއެވެ.

އެގޮތުން ރައްޔިތުންގެ މިފަދަ ޒާތީ މަޢުލޫމާތު މުއިއްޒު ސަރުކާރަށް ދޭން ތައްޔާރުތޯ މަލީހުވަނީ ސުވާލު އުފައްދަވާފައެވެ. އަދި މިއީ ރައްޔިތުންގެ ޒާތީ މަޢުލޫމާތުން ވައްކަން ކުރި ސަރުކާރެއްކަމަށް މަލީހުވަނީ ފާހަގަ ކުރައްވާފައެވެ.

ޕީއެންސީއަށް ވަގަށް މީހުން ވެއްދިކަމުގެ އަޑުތައް ފެތުރިފާވާއިރު މިވަގުތު މެންބަރުން އެންމެ ގިނަ ސިޔާސީ ޕާޓީއަކީ ވެސް ޕީއެންސީ އެވެ. އީސީން އިއްޔެ އާއްމުކުރި ނަމްބަރުތަކުގައިވާ ގޮތުން، ޕީއެންސީގައި މިވަގުތު 68،968 މެންބަރުން އެބަ ތިއްބެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved