ރައީސް މުއިއްޒުއާ ދެބޭންގެ ދެދަރި މީހެއްގެ މަންމަ އާއި ބައްޕަ އަދި ކޮއްކޮ ވަގަށް ޕީއެންސީ އަށް ވެއްދި މައްސަލައެއް..! / ސޯޝަލް މީޑިއާ
ހަބަރު
ރައީސް މުއިއްޒުއާ ދެބޭންގެ ދެދަރި މީހެއްގެ މަންމަ އާއި ބައްޕަ އަދި ކޮއްކޮ ވަގަށް ޕީއެންސީ އަށް ވެއްދި މައްސަލައެއް..!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
26 ޖެނުއަރީ 2025
މާލެ ސިޓީ

ރައީސް މުއިއްޒުއާ ދެބޭންގެ ދެދަރި މީހެއްގެ މަންމަ އާއި ބައްޕަ އަދި ކޮއްކޮ ވަގަށް ޕީއެންސީ އަށް ވެއްދި މައްސަލައެއް ފެންމަތި ވެއްޖެ އެވެ.

ރައީސް މުއިއްޒުއާ ދެބޭންގެ ދެދަރި މީހެއް ކަމުގައިވާ އަހުމަދު ގާލިބު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ގާލިބު މަންމަ އާއި ބައްޕަ އަދި ކޮއްކޮ ވަގަށް ޕީއެންސީ އަށް ވައްދާފައިވާ ކަމަށެވެ.

އޭނާގެ ކޮއްކޮގެ ނަމުގައި ފޯމު ފުރައި ޕީއެންސީ އަށް ވެއްދި އިރު، ކޮއްކޮ އޮތީ ހޮސްޕިޓަލްގައި އެޑްމިޓުކޮށްފައި ކަމަށް ވެސް ގާލިބު ބުންޏެވެ.

އާއިލާގެ މެންބަރުން ވަގު ފޯމު ފުރައިގެން ޕީއެންސީއަށް ވެއްދި މައްސަލަ ކުރިއަށް ގެންދާނެ ކަމަށް ގާލިބު ބުންޏެވެ.

"ޕީއެންސީގެ ފަރާތުން އެއްވެސް މީހަކު އަޅުގަނޑުގެ މަންމަ އާއި ބައްޕަގެ ފޯމް ފުރަން ކޮޗިން އަކަށް ނުދޭ،މިއީ ދެން ފުކެއް ބޮޑުވަރު "

- އަހުމަދު ގާލިބު

ވަގު ފޯމު ފުރައިގެން ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަށް މީހުން ވައްދާކަން ފަޅާއެރި މައްސަލަ ސިޔާސީ ޕާޓީތަކުން ވަނީ ފުލުހަށް ހުށައަޅައިފަ އެވެ. ވަގަށް ޕީއެންސީއަށް މީހުން ވެދުނު ކަމަށް ޕީއެންސީން ވަނީ މިހާރު އިއުތިރާފް ވެސް ވެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިދިޔަ ޑިސެމްބަރު 31 އާ ހަމައަށް އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިހާރު ރާއްޖޭގައި އެންމެ މެމްބަރުން ގިނަ ޕާޓީއަކީ ޕީއެންސީ އެވެ. ޕީއެންސީގައި މިވަގުތު 68،968 މެންބަރުން އެބަ ތިއްބެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved