March 12, 2026
Advertisement
ރައީސްނޫސްވެރިންނާ ވާހަކަދައްކަވަނީ: ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓް ކުރާ ބިލާ ސަރުކާރާ ގުޅުމެއް ނެތް ކަމަށް ތަރުޖަމާނު ހީނާ ވިދާޅުވި
ރައީސްނޫސްވެރިންނާ ވާހަކަދައްކަވަނީ: ނޫސްވެރިކަމާއި އިންޓަނެޓް ރެގިއުލޭޓް ކުރާ ބިލާ ސަރުކާރާ ގުޅުމެއް ނެތް ކަމަށް ތަރުޖަމާނު ހީނާ ވިދާޅުވި / ރައީސް އޮފިސް

ނޫސްވެރިކަމާއި އިންޓަނެޓު ސަރުކާރުން ރެގިއުލޭޓްކުރަން އުޅޭ އަޑުތަކެއް..!؟

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 26, 2025, 08:47 PM
މާލެ ސިޓީ

ނޫސްވެރިކަމާއި އިންޓަނެޓްގެ ވަސީލަތްތައް ރެގިއުލޭޓްކުރަން ބިލެއް ތައްޔާރުކުރައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ޕީއެންސީގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

Advertisement

މަޖިލީހުގެ ދައުރު ފެށުމާއެކު މިފަދަ ބިލެއް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާކަން ނާޒިމް އިއުލާނުކުރެއްވީ "ސަން މީޑިއާ" އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ މި ޕްލެޓްފޯމުތައް ރެގިއުލޭޓުކުރުން ވެސް މަތިކުރާނީ ބިލުގެ ދަށުން އުފައްދާ މަލްޓި މީޑިއާ ކައުންސިލަކުން ކަމަށެވެ.

އެ ބިލްގެ މަސައްކަތް އޭނާ ކުރައްވަމުންދަނީ ސެލްފް ރެގިއުލޭޓަރީ ނިޒާމަކުން ނޫސްވެރިކަން ރެގިއުލޭޓް ކުރެވެމުން ނުދާތީ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ބެލެވޭ ގޮތުގައި އޭނާ މަސައްކަތް ކުރައްވަނީ އަމިއްލަ ގޮތުން އެ ބިލް މަޖިލީހަށް ހުށަހެޅުއްވުމަށެވެ.

ސަރުކާރުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކެއް މަނާކުރަން އުޅޭކަމަށް މި ފަހުން އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުވެސް ކިޔަމުންނެވެ.

މިއަޑުތަކާއެކު ސަރުކާރުން ވަނީ އެފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަވެސް ދީފަ އެވެ. އެގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސްގެ ތަރުޖަމާނު ވިދާޅުވީ ނޫސްވެރިކަމާ އިންޓަރނެޓް ރެގިއުލޭޓް ކުރުމާ ބެހޭ އެއްވެސްކަހަލަ ބިލެއް ތައާރަފްކުރުމަކީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނިފައިވާ ކަމެއް ނޫން ކަމަށާއި، އެފަދަ ބިލެއް ތައާރަފްކުރުމުގެ މަސައްކަތެއް ސަރުކާރު ނުކުރާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved