March 19, 2026
Advertisement
އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަގާމަށް އައްޔަނު ކުރި މުއުމިނާ
އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަގާމަށް އައްޔަނު ކުރި މުއުމިނާ / ސޯޝަލް މީޑިއާ

އެޗްއާރްސީއެމްގެ ނައިބްގެ މަގާމަށް މުއުމިނާ އައްޔަން ކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 27, 2025, 04:18 AM
މާލެ ސިޓީ

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް، މުއުމިނާ ވަހީދު މިއަދު އައްޔަންކުރައްވައިފި އެވެ.

Advertisement

އެޗްއާރްސީއެމްގެ މެންބަރުކަމަށް މުއުމިނާ އައްޔަންކުރެއްވީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހެވެ.

އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަގާމަށް މުއުމިނާ އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ މީގެ ހަ ދުވަސް ކުރިންނެވެ.

މުއުމިނާ ވަހީދަކީ މާސްޓަރސް އޮފް ހިއުމަން ރައިޓްސް އެންޑް ޑިމޮކްރެޓައިޒޭޝަން އޭޝިއާ ޕެސިފިކް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މި ސަނަދު އޭނާ ހާސިލުކުރައްވާފައިވަނީ އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ސިޑްނީ އިންނެވެ.

 އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަގާމަށް މުއުމިނާ އައްޔަން ކުރައްވާފައިވަނީ އެ މަގާމުގައި ހުންނެވި ޑރ. އަހްމަދު އަދުހަމް އަބްދުﷲ އިސްތިއުފާ ދެެއްވުމާ ގުޅިގެންނެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމުގެ ދައުރަކީ 5 އަހަރު ދުވަހެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved