ގދ. ތިނަދޫ ކައުންސިލު އިދާރާއަށް އޭސީސީގެ ޓީމެއް އިއްޔެ ވަނީ ވަދެފައި. / ފޭސްބުކް
ހަބަރު
އޭސީސީން ތިނަދޫ ކައުންސިލްގެ މުދާތަކުން ވައްކަން ކުރިކަމުގެ ތުހުމަތު..!
Qudhrathullah Ameen
ގުދުރަތުﷲ އަމީން
27 ޖެނުއަރީ 2025
މާލެ ސިޓީ

ތިނަދޫ ސިޓީ ކައުންސިލުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އޭސީސީގެ ނަމުގައި ބަޔަކު ކައުންސިލް އޮފީހަށް ވަދެ ވައްކަން ކުރި މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކައުންސިލުގެ ގިނަ އަދަދެއްގެ ތަކެތި ވަގަށް ގެންދިޔުމުން ދެމުންދާ ބައެއް ހިދުމަތްތައް މެދުކެނޑިފައިވާ ކަމަށް ވެސް ތިނަދޫ ސިޓީ ކައުންސިލުން ބުންޏެވެ.

ތަހުގީގަށް އޭސީސީގެ އޮފިސަރުންތަކެއް ކައުންސިލް އިދާރާއަށް ވަދެ ވަރަށް ގިނައިރު ވަންދެން ބަލައިފާސްކޮށް ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ގެންދިޔަ އެވެ.

ބައެއް ކައުންސިލަރުންގެ މައްޗަށް ވެސް ތުހުމަތުތަކެއް ކުރާ މި މައްސަލާގައި، ތިނަދޫ ކައުންސިލް އިދާރާގެ ފޭސްބުކް ޕޭޖުގައި ބުނީ އޭސީސީގެ ނަމުގައި އައި ބަޔަކު ކައުންސިލްގެ ގިނަ އަދަދެއްގެ ތަކެތި "ވަގަށް ނަގާފައިވާ" ކަމަށެވެ.

އެ މައްސަލައަކީ ޕޮލިހަށް ވެސް ހުށަހެޅިގެން ބަލަމުންދާ މައްސަލައަކަށްވާތީ ކައުންސިލުގެ ބައެއް ހިދުމަތްތައް މެދުކެނޑިފައިވާ ކަމަށް ކައުންސިލުން ވަނީ ރައްޔިތުންނަށް އަންގައިފަ އެވެ.

އޭސީސީގެ މީޑިއާ އިން ބުނީ ތިނަދޫ ސިޓީ ކައުންސިލަށް އޭސީސީން ވަދެ، އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅޭ ތަކެތި ގެންދިޔަ ކަމަށެވެ. ނަމަވެސް އޭސީސީން ބަލަމުންދަނީ ތިނަދޫ ސިޓީ ކައުންސިލާ ގުޅޭ ކޮން މައްސަލައެއް ކަމެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved