އޮކްޓޫބަރު މަހު ރާއްޖެ އައި ޗައިނާ ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ / ޕޮލިސް
ހަބަރު
އޮކްޓޫބަރު މަހު ރާއްޖެ އައި ޗައިނާ ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
27 ޖެނުއަރީ 2025
މާލެ ސިޓީ

ޓޫރިސްޓް ވިސާގައި ރާއްޖެ އައި ޗައިނާ ގެއަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަނީ ޗައިނާ ރައްޔިތެއްކަމަށްވާ ސޫ ޒިއޯނިންއެވެ.

ސޫ ޒިއޯނިން ރާއްޖެ އައިފަހުން އާއިލާއަށް ހަބަރެއް ވެފައި ނުވާތީ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

ފުލުހުން ބުނީ، މިމައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއެކު އޭނާ ހޯދުމަށްޓަކައި ފުލުހުންގެ ކަމާގުޅުންހުރި އެންމެހާ ބަހާތަކަށް މައުލޫމާތު ހިއްސާކޮށް، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.

އެގޮތުން އޭނާ ޓޫރިސްޓް ވިސާގައި ރާއްޖެ އައިސްފައި ވަނީ މިދިއަ އަހަރުގެ އޮކްޓޯބަރު 13 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ. އަދި ސޫ މާލޭގައި ހުރި ގެސްޓްހައުސް އިން އެ މަހުގެ 24 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ޗެކް-އައުޓް ވެފައިވާކަމާއި އެއަށް ފަހު އޭނާ ރާއްޖެ އިން ފުރައިގެން ގޮސްފައި ނުވާކަން ތަހުގީގަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް އޭނަ ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން ސޫއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭ ތަނެއް ހޯދިފައެއް ނުވެ އެވެ.

އެހެންވެ އޭނައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9911099 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved