March 26, 2026
Advertisement
ލޯންޗު އެކްސިޑެންޓާ ގުޅިގެން ފުލުހުން ދައުވާކުރަން ބޭނުންވާ ދެ މީހުން --
ލޯންޗު އެކްސިޑެންޓާ ގުޅިގެން ފުލުހުން ދައުވާކުރަން ބޭނުންވާ ދެ މީހުން -- / ޕޮލިސް

ފޭދޫފިނޮޅު ކައިިރިން ދެ ލޯންޗު ޖެހި މީހަކު މަރުވި މައްސަލައިގައި ދެ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 27, 2025, 06:33 PM
މާލެ ސިޓީ

މީގެ ދެ އަހަރު ކުރިން ދެ ލޯންޗެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލާގައި، އެ ދެ ލޯންޗު ދުއްވަން ތިބި ކައްޕިންގެ މައްޗަށް ދައުވާކޮށްދޭން އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވައިފި އެވެ.

Advertisement

އެ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީއަށް ފޮނުވާފައި ވަނީ "ސަސް އީ ސްޕީޑް" އާއި އެމްޑަބްލިއުއެސްސީ މެރިން 2" ދުއްވަން ތިބި ޔާނިސް ހަމީދު 35، ހީނާވިލާ، ކ. ކާށިދޫ އާއި މުހައްމަދު ޖަމީލް 43، ގްރީންހައުސް، ހދ. ނޮޅިވަރަން އަށެވެ.

އެ އެކްސިޑެންޓްގައި، އޭގެ ތެރެއިން އެއް ލޯންޗުން ދަތުރުކުރި މީހަކަށް ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ފުލުހުން އެދިފައިވަނީ އެ ދެ ލޯންޗުގެ ވެސް ކައްޕިންގެ އިހުމާލު އޮތް ކަމަށާއި އެހެންވެ، އެމީހުންގެ މައްޗަށް ދައުވާކޮށް ދިނުމަށެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމައި، އެ ދެމީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އެންމެ ފުރަތަމަ ފޮނުވީ ޖޫން، 2023 ގައި ކަމަށެވެ. ނަމަވެސް އެ މައްސަލަ އިސްލާހުކުރުމަށް އަނބުރާ ފޮނުވުމުން ދެވަނަ ފަހަރަށް އެ މައްސަލަ ޕީޖީއަށް ފޮނުވީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

އެ ހާދިސާގައި މަރުވީ ސާސޭ ކޮންސްޓްރަކްޝަންގެ ވެރިޔާ ސައުދުﷲ އަހުމަދު (ސައުދު) އެވެ. އޭނާ އިނީ ލޯންޗުގެ ފަހަތު ސީޓުގަ އެވެ. އެމްޑަބްލިއުއެސްސީގެ ލޯންޗު އުރުނީ ވެސް ސަސް އީ ސްޕީޑުގެ ފަހަތުކޮޅަށެވެ. ހާދިސާ ހިނގި ވަގުތު އެ ލޯންޗުގައި ދެން ތިބީ ދެ ފަޅުވެރިންނެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved