March 20, 2026
Advertisement
ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި 3 ކައުންސިލަކަށް ފަޅުރަށް ހަވާލުކުރުން
ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި 3 ކައުންސިލަކަށް ފަޅުރަށް ހަވާލުކުރުން / ރައީސް އޮފިސް

ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި ތިން ކައުންސިލަކަށް ފަޅުރަށް ހަވާލުކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 27, 2025, 07:34 PM
މާލެ ސިޓީ

މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި، ފަޅުރަށްތައް ކައުންސިލްތަކާ ހަވާލުކުރެއްވުމުގެ އުސޫލުގެދަށުން ފުރަތަމަ ފަހަރަށް ފަޅުރަށްތައް ރަސްމީކޮށް ހަވާލުކުރައްވައިފި އެވެ.

Advertisement

ފަޅު ރަށްތައް ހަވާލުކުރެވުނު ކައުންސިލުތަކާއި ދިން ރަށަކީ:

1. ރ. އިނގުރައިދޫ ކައުންސިލަށް އެ އަތޮޅު ނެޔޮ
2. ދ. އަތޮޅު ކައުންސިލަށް އެ އަތޮޅު މިނިމަސްގަލި އަދި ފެންފުށި
3. ލ. މާވަށް ކައުންސިލަށް އެ އަތޮޅު ބޮޑުމާބުޅައި

މި ރަށްތަކުގެ އެއްބަސްވުންތަކުގައި މިއަދު ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު މާޒިން އެވެ. ކައުންސިލުތަކުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކައުންސިލުތަކުގެ ރައީސުންނެވެ.

ކައުންސިލްތަކަށް ފަޅު ރަށްތައް ދޫކުރުމަށް ސަރުކާރުން ނިންމެވީ، ބިން ކުޑަ ރަށްތަކަށް އިގުތިސާދީ މަސައްކަތްތައް ކުރެވޭނެ މަގު ފަހިކޮށްދިނުމާއި ކައުންސިލްތައް ޒިންމާދާރުކުރުވައި މާލީ ގޮތުން ބާރުވެރި މަސައްކަތްތަކެއް ކުރާ ބަޔަކަށް ހެދުމަށް ގެންގުޅުއްވާ ވިސްނުންފުޅުގެތެރެއިންނެވެ.

މިއަދު ހަތަރު ފަޅުރަށެއް ތިން ކައުންސިލާ ހަވާލުކޮށްފައިވާއިރު، ސަރުކާރުން ބުނީ ބާކީހުރި ފަޅުރަށްތައް އިހުތިސާސަށް އިތުރުކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ.

މިއީ ލާމަރުކަޒީ ނިޒާމުގައި މިފަދަ މަސައްކަތެއް ކުރާ ފުރަތަމަ ފަހަރެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved