April 17, 2026
Advertisement
މަލީހް ޖަލްސާގައި ވާހަކަދައްކަވަނީ
މަލީހް ޖަލްސާގައި ވާހަކަދައްކަވަނީ / ޝަފްރާޒް | ތޭރަ އިމޭޖްސް

ރައީސް މުއިއްޒު މީޑިއާތަކާއި ބައްދަލު ނުކުރައްވާ އަހަރަކަށް ވުރެ ގިނަ ދުވަސްވުމުން މަލީހުގެ ކަންބޮޑުވުން ފާޅު ކުރައްވައިފި

Hussain Nawaf
ހުސައިން ނަވާފް
Jan 27, 2025, 08:59 PM

މީޑިއާ ބައްދަލުކޮށް ރައްޔިތުންނަށް މައުލޫމާތު ރައީސް މުހައްމަދު މުއިއްޒު ނުދެއްވާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވުމުން ޕީޕަލްސް ނޭޝަނަލް ފްރަންޓްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ކަންބޮޑުވުން ފާޅު ކުރައްވާފި އެވެ.

Advertisement

މަލީހު ކަންބޮޑުވުން ފާޅުކޮށްފައިވަނީ ޕީއެންއެފް ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ރާއްޖޭގެ ގާނޫނޫ އަސާސީން މައުލޫމާތު ހޯދާ ލިބިގަތުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅު ކުރުމުގެ ހައްގު ކަށަވަރުކޮށްދީފައިވާ އިރު ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މީޑިއާތަކާއި ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ރެގިއުލޭޓު ކުރައްވާނެކަމަށް ވިދާޅުވީ މީޑިއާ ކޮންޓްރޯލް ކުރުމަށްކަމަށް މަލީހުވަނީ ވިދާޅުވެފަ އެވެ.

މުއިއްޒު އެއް އަހަރު ވީ އިރު މީޑިއާތަކާއި ބައްދަލުކޮށް ރައްޔިތުންނަށް މައުލޫމާތު ހާމަކޮށްފައެއް ނުވޭ. މި ސަރުކާރުން ރައްޔިތުންނަށް މި ދަނީ މައުލޫމާތު ފޮރުވަމުން.

މަލީހު

އެއާއިއެކު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އެންސްޕާއިން މުއިއްޒުގެ ޓީވީކަމުގައިވާ އެމްއެމްޓީވީ ހިންގުމަށް މިލިއަނުން ރުފިޔާދިންކަން ފާހަގަކޮށް އެކަމާއި ގުޅިގެންވެސް މަލީހުވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާ އިރު ނާޒިމްވަނީ ސަންއަށް ދިން އިންޓަވިއުއެއްގައި ސޯޝަލް މީޑިއާ އާއި މީޑިއާތައް ރެގިއުލޭޓް ކުރާނެކަމަށް ވިދާޅުވެ އުނބު ޓާން ނަންގަވާ އެކަމާއި ގުޅިގެން ބަޔާނެއް ނެރިފައިވާކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން މަންސަތައް ރެގިއުލޭޓްކުރުމަކީ މުހިންމު ކަމެއްކަމަށް ހުރިހާ އެންމެން ވެސް އެއްބާސްވާނެކަމަށާއި، އެއީ އެއްވެސް މިންވަރަކަށް އެ ފަދަ މަންސަތައް ބްލޮކްކޮށް ނުވަަތަ މީޑިއާގެ މިނިވަންކަން ނިގުޅައި ނުގަންނާނެކަމަށް އެ ބަޔާނުގައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved