April 10, 2026
Advertisement
ގައުމުގެ އިގްތިސޯދު ސަލާމަތްކޮށް ތަރައްގީގެ ރަގަޅު މިސްރާބަކަށް ގެންދެވޭނީ ރައީސް ޔާމީނަށް: މަލީހު
ގައުމުގެ އިގްތިސޯދު ސަލާމަތްކޮށް ތަރައްގީގެ ރަގަޅު މިސްރާބަކަށް ގެންދެވޭނީ ރައީސް ޔާމީނަށް: މަލީހު / ރައީސް އޮފިސް

ގައުމުގެ އިގްތިސޯދު ސަލާމަތްކޮށް ތަރައްގީގެ ރަގަޅު މިސްރާބަކަށް ގެންދެވޭނީ ރައީސް ޔާމީނަށް: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Apr 10, 2026, 03:13 PM
މާލެ ސިޓީ

ގައުމުގެ އިގްތިސޯދު ސަލާމަތްކޮށް ތަރައްގީގެ ރަގަޅު މިސްރާބަކަށް ގެންދެވޭނީ ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީނަށް ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހު ވިދާޅުވެފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ އިޤްތިސާދީ ހާލަތު މިހާރު އޮތް ނުތަނަވަސްކަމުން ބޭރުކޮށް، ގައުމު ހަމައަކަށް އެޅުވޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީނެވެ. 

އެގޮތުން ރާއްޖޭގެ އިޤްތިސާދަށް ކުރިމަތިވެފައިވާ އޮޅުންބޮޅުންތަކުން ސަލާމަތްވެ، ތަރައްޤީގެ ރަނގަޅު މިސްރާބަކަށް ޤައުމު ގެންދެވޭނެ ފަންވަރާއި ޤާބިލުކަން ހުރީ ހަމައެކަނި ރައީސް ޔާމީންކަން ފާހަގަކުރައްވާ މަލީހު ވިދާޅުވެފައިވަނީ، ޕީއެންއެފަކީ ރާއްޖޭގެ ސިޔާސީ މުސްތަޤްބަލް ކަމަށެވެ. އަދި ޕީއެންއެފް އަކީ ސިޔާސީ ގޮތުން އެންމެ ބޮޑު ހަމަޖެހުމެއް އޮތް ޕާޓީ ކަމަށާއި، އެއީ މިއަދު ދިވެހި ރައްޔިތުންގެ އޮތް ހަމައެކަނި އުންމީދު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.


މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ޕީއެންއެފުން މިހާރު ގެންދަނީ ސަރުކާރު ޒިންމާދާރުކުރުވާ ސަރުކާރުގެ ކަންކަން ހަމަމަގަށް އަޅުއްވަން ތަފާތު އެކި ގޮތް ގޮތުން މަސައްކަތްކުރަމުންނެވެ. އެގޮތުން ޖަލްސާތައް ބޭއްވުމުގެ އިތުރުން މަގުމަތީ ހަރަކާތްވެސް އެ ޕާޓީއިން ކުރިއަށް ގެންދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved