ފުލުހުންނާއި އޭސީސީގެ އިސްވެރިން ބައްދަލުކުރަނީ: ފުލުހުންގެ ޕްރޮމޯޝަންތައް މަޑުޖައްސާލަން އޭސީސީން އެދުނަސް، އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ވަނީ ނިންމާފައި / ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ހަބަރު
ފުލުހުންގެ ޕްރޮމޯޝަން މަޑުޖައްސާލުމުގެ އަމުރެއް ހައި ކޯޓުން ވެސް ނުދިން
Qudhrathullah Ameen
ގުދުރަތުﷲ އަމީން
27 ޖެނުއަރީ 2025
މާލެ ސިޓީ

ދިވެހި ފުލުހުންގެ ހިދުމަތުގެ އިސް އޮފިސަރުންތަކަކަށް އަވަސް އަރުވާލައިގެން ޕްރޮމޯޝަން ދިން ކަމަށް ބުނާ މައްސަލައިގައި އެކަން ހުއްޓުވަން ސިވިލް ކޯޓުން އަމުރެއް ނެރެނުދިން މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވެސް އަމުރު ނެރެނުދޭން މިއަދު ނިންމައިފި އެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ދައުރު ނިމެން ދެ ދުވަހަށް ވެފައިވަނިކޮށް ފުލުހުންގެ އިސް އޮފިސަރުންތަކަކަށް ޕްރޮމޯޝަން ދިން މައްސަލައެކެވެ. އެކަން ކުރީ އަވަސް އަރުވާލައިގެން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ ތުހުމަތުކޮށްފަ އެވެ.

އެ މައްސަލައިގެ ތަހުގީގު ފެށުމަށް ފަހު އޭސީސީން ވަނީ އެކަން ހުއްޓަން އަންގައި ފުލުހުންނަށް ސިޓީއެއް ފޮނުވައިފަ އެވެ. ނަމަވެސް އޭސީސީގެ އެންގުމަށް ބެލުމެއް ނެތި ޕްރޮމޯޝަން ދިނުން ކުރިއަށް ގެންގޮސްފައިވެ އެވެ.

ފުލުހުން ބުނީ، އޭސީސީގެ އެންގުމަކީ އެ ކޮމިޝަނަށް ލިބޭ ގާނޫނީ ބާރުގެ ބޭރުން އަންގާފައިވާ އެންގުމެއް ކަމަށެވެ.

އެހެންވެ، އޭސީސީން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. އެ މައްސަލައިގައި، ޕްރޮމޯޝަންތައް ހުއްޓުވަން ވަގުތީ އަމުރެއް ނެރެދޭން ވެސް ވަނީ އެދިފައެވެ. އެކަމަކު، އެ އަމުރު ސިވިލް ކޯޓުން ނެރެދީފައެއް ނުވެއެވެ.

ހައި ކޯޓުން އޭސީސީން އެދުނު ވަގުތީ އަމުރު ނެރެނުދިން ނަމަވެސް ސިވިލް ކޯޓުން ވަގުތީ އަމުރު ނެރެދިނުމާ ގުޅޭ ގޮތުން ނިންމި ނިންމުން ބާތިލްކުރި އެވެ. ހައި ކޯޓުން ހުކުމްކުރީ އޭގައި ވަނީ މައުލޫއީ މައްސަލާގައި ކަނޑައަޅަން ޖެހޭ ކަންކަމަށް ވާތީއާއި ވަގުތީ އަމުރު ނެރެނުދޭން ސިވިލް ކޯޓުން ނިންމި ސަބަބުތައް ތަފްސީލްކޮށްދީފައި ނުވާ ކަމަށެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު މުހައްމަދު ސަލީމް އަދި ފަނޑިޔާރު މުހައްމަދު ފައިސަލެވެ.

އޭސީސީގެ އެންގުމަށް އަމަލުކުރަންވީ ގޮތުގެ ލަފައަކަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގައި ފުލުހުން އޭރު އެދުނެވެ. އޭރުގެ ޕީޖީ ހުސައިން ޝަމީމް ލަފާ ދެއްވީ އެ އެންގުމަށް ތަބާވުން ލާޒިމު ނޫން ކަމަށެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved