

މަރްހޫމް ޒަކިއްޔާ މޫސާގެ އާއިލާ އާއި ހެޔޮ އެދޭ ފަރާތްތަކަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތައުޒިޔާ ދަންނަވައިފި އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މަރްހޫމް ޒަކިއްޔާ މޫސާ މަރުވެފައި އޮއްވާ ފެނުނީ 2024 އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ޒަކިއްޔާގެ މަރަށް ހަތަރު މަސް ދުވަސް ފާއިތުވެގެން ދިޔައިރުވެސް ޒަކިއްޔާގެ މަރުގެ ހަގީގަތް ފުލުހުންނަށް ހޯދިފައިނުވުމާ އަދި އެ ދުވަހު ފުލުުންގެ އަމަލުތައް ބެހެއްޓި ގޮތުން ހެކި ނައްތާލަން ބަޔަކަށް ފުރުސަތު ލިބިގެން ދިޔަ ކަމަށް ގަބަޫލުކުރެވޭތީ ހޮޅުދޫގެ ރައްޔިތުން ދަނީ ޒަކިއްޔާގެ މަރަކީ އަމިއްލައަށް މަރުވި މަރުވުމެއް ނޫން ކަމަށް ބުނެ އަޑު އުފުލަމުންނެވެ.