ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު / އިސްލާމިކް މިނިސްޓްރީ
ހަބަރު
ރަމަޟާން މަހު މޮރޮކޯގައި ދީނީ ތަގުރީރުކުރެއްވުމަށް ޑރ. ޝަހީމަށް ހާއްސަ ދައުވަތެއް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
27 ޖެނުއަރީ 2025
މާލެ ސިޓީ

މޮރޮކޯގެ ނަން ރެސިޑެންޓް ސަފީރު މުހައްމަދު މަލިކީ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި މިއަދު ބައްދަލުކުރައްވައި، ކުރިއަށް އޮތް ރަމަޟާން މަހު މޮރޮކޯގައި ދީނީ ތަގުރީރެއް ދެއްވުމަށް އެ ގައުމުގެ ސަރުކާރުން ފޮނުއްވި ދައުވަތު ހަވާލު ކުރައްވައިފި އެވެ.

މޮރޮކޯގައި ރަމަޟާން މަސް އިހުޔާކޮށް ދިރުވުމުގެ ގޮތުން ކުރިއަށް ގެންދާ "ހަސަނީ ފިލާވަޅު" މޮރޮކޯގެ ރަސްގެފާނު މުހައްމަދު ހަވަނަގެ ބެއްލެވުމުގެ ދަށުން ބާއްވާ މޮރޮކޯގައި އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ މަތީ އިސްލާމީ ހަރަކާތެވެ. މި ސެޝަންތަކަކީ އިސްލާމީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އިލްމުވެރިން ބައިވެރިވެ، ދީނީ އަދި ފިކުރީ މައުޟޫއުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާ، ސެޝަންތަކެއްކަން ފާހަގަކޮށްލެވެ އެވެ.

މި ބައްދަލުކުރެއްްވުމުގައި ޝަހީމް ވަނީ މޮރޮކޯގެ ސަފީރު އެމަނިކުފާނާއި ބައްދަލުކުރެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާ، ރާއްޖެއާއި މޮރޮކޯއާއި ގުޅިގެން ދީނީ ރޮނގުން ކުރިއަށް ގެންދެވިދާނެކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

މީގެ އިތުރުން، ރާއްޖޭގެ އިމާމުން ތަމްރީން ކުރެއްވުމަށް ވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު މޮރޮކޯގެ ސަފީރަށް ޝަހީމް ވަނީ އަރުވާފަ އެވެ. އަދި މޮރޮކޯއިން އިމާމުން ތަމްރީންކުރުމަށް ހުރި އެކި ފުރުސަތުތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved