March 28, 2026
Advertisement
ސްކޭމަރުންގެ އާ އުކުޅެއް ; ސަމާލުވާން ފުލުހުން އެދެފި
ސްކޭމަރުންގެ އާ އުކުޅެއް ; ސަމާލުވާން ފުލުހުން އެދެފި / ޕޮލިސް

ސްކޭމަރުންގެ އާ އުކުޅެއް ; ސަމާލުވާން ފުލުހުން އެދެފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 28, 2025, 03:35 AM
މާލެ ސިޓީ

މަކަރާއި ހީލަތުން ފައިސާ ހޯދާ ސްކޭމަރުންގެ އުކުޅު ބަދަލުކޮށްލައި، އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލް މެދުވެރިކޮށް ފޭރެން ފެށުމުން އެކަމަށް ސަމާލުވާން ފުލުހުން އެދެފި އެވެ.

Advertisement

އޯޓީޕީ އޮތަންޓިކޭޝަނަކީ އެކައުންޓުގެ ސެކިއުރިޓީއަށް މުހިންމު ފީޗާއަކަށްވާ އިރު، އޯޓީޕީ އޮތަންޓިކޭޝަންގެ ބަދަލުގައި އިތުރު އޮތަންޓިކޭޝަން މެތަޑެއް މިވަނީ މިހާރު ތައާރަފުވެފަ އެވެ. މި ޓެކްނޮލޮޖީ އުފެއްދި ފަރާތުން ބުނާ ގޮތުގައި މިއީ އޯޓީޕީއަށް ވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅު އޮތަންޓިކޭޝަން މެތަޑެކެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި މި ބަދަލާއެކު ސްކޭމްގެ ޝިކާރައަކަށްވާ މީހުންގެ އަދަދު އަނެއްކާ ވެސް އިންތިހާއަށް އިތުރުވެގެން ދާނެ އެވެ.

އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް ތައާރަފުވެފައިވާ އިރު ގިނަ ކުންފުނިތަކުން މި އޮތަންޓިކޭޝަން މެތަޑަށް ކަސްޓަމަ އޮތަންޓިކޭޝަން މިހާރު އެދަނީ ބަދަލު ކުރަމުންނެވެ. ނަމަވެސް ފްލޭޝް ކޯލްސް އަކީ ކީއް ކުރާ، ކޮން ގޮތަކަށް މަސައްކަތް ކުރާ އެއްޗެއްކަން ގިނަ ބަޔަކަށް ނޭނގުމުގެ ސަބަބުން ފްލޭޝް ކޯލް ސްކޭމްގެ ޝިކާރައަކަށް ވަމުންދާ މީހުންގެ އަދަދު މި ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

ޓެކްނޮލޮޖީއަށް މިއައި ބަދަލާ އެކު އެތައް ކުންފުންޏަކުން އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް ބޭނުންކުރަން ފަށާފައިވާއިރު، ސްކޭމަރުން ސްކޭމްކުރަން ގެންގުޅޭ އުކުޅު ވެސް ވަނީ ބަދަލުކޮށްފައި. އެކިއެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފްލޭޝް ކޯލްގެ ނަންބަރު ސްކޭމަރުން ހޯދައި އެކައުންޓުތައް ހިސޯރުކުރަން ވަނީ ފަށާފައި،

ފުލުހުން ބުންޏެވެ.

އެތައް ކުންފުންޏަކުން އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް ބޭނުންކުރަން ފަށާފައިވާއިރު، ސްކޭމްކުރަން ގެންގުޅޭ އުކުޅުތައްވެސް ބަދަލުކޮށްފައި ވާކަމަށާއި އެކިއެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފްލޭޝް ކޯލްގެ ނަންބަރު ހޯދައި އެކައުންޓުތައް ހިސޯރުކުރަން ފަށާފައި ވާކަން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން ތިމާގެ ފޯނަށް ލިބޭ ކޯޑެއްގެ އިތުރުން ގުޅާފައި އޮންނަ ނަންބަރެއް ވެސް އަދި މިސްކޯލެއް ލިބިފައި އޮތް ނަންބަރެއް ވެސް ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފްލޭޝް ކޯލްސް އަކީ ކޮބާ؟

ފްލޭޝް ކޯލްސްއަކީ ވަން-ޓައިމް-ޕާސްވޯޑް (އޯޓީޕީ) ގެ ބަދަލުގައި މިހާރު އާންމުވަމުން އަންނަ، އޮތަންޓިކޭޝަން މެތަޑެކެވެ. ގިނަ ކުންފުނިތަކުން ފްލޭޝް ކޯލްސް އޮތަންޓިކޭޝަން މެތަޑް ހިޔާރުކުރަން ފަށާފައި ވަނީ އޯޓީޕީ އަކީ އެސްއެމްއެސްގެ ޒަރީއާއިން ލިބޭ ޓެކްސްޓް މެސެޖަކަށްވާތީ އާއި، ޓެލެކޮމިއުނިކޭޝަން ޚިދުމަތްދޭ ފަރާތްތަކުން އޯޓީޕީ އެސްއެމްއެސް އަށް ކަސްޓަމަރު އަތުން އަގެއް ނަގާތީ އެވެ.

މީގެ އިތުރުން އެސްއެމްއެސްގެ ޒަރީއާއިން އޯޓީޕީ ފޮނުވުމުން އޯޓީޕީ ރައްދުވާ ފަރާތައް އޯޓީޕީ ރައްދުވުމުގައި ވެސް ލަސްތަކެއް އުޅޭތީ ކަމަށް ވެއެވެ.

ނަމަވެސް ފްލޭޝް ކޯލްސް ތަފާތެވެ. ފްލޭޝް ކޯލްސްއަކީ ކޯލް-ބޭސްޑް އޮތަންޓިކޭޝަން ޓެކްނޮލޮޖީ އެވެ. ފްލޭޝް ކޯލްސް އަގުހެޔޮވެފައި އަވަސް ވެސް މެ އެވެ. ފްލޭޝް ކޯލަކީ ކަސްޓަމަރުގެ ފޯނަށް ޚިދުމަތްދޭ ކުންފުނިން ކުރާ ފޯން ކޯލެކެވެ. ނުވަތަ ފޮނުވާ މިސް ކޯލެކެވެ. ގުޅާ ނަންބަރު ނުވަތަ މިސް ކޯލް ލިބޭ ނަންބަރުގެ ފަހު އަކުރުތަކަކީ އޮތަންޓިކޭޝަން ކޯޑެވެ. މި ކޯޑު އިތުރު އެއްވެސް ފަރާތަކާ ހިއްސާކޮށްފިނަމަ ތިޔަ ހިއްސާކުރެވެނީ ހަމަ އޯޓީޕީއާ އެއްވަރުގެ ކޯޑެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved