March 26, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ސުއިސަޑަލް ޓެންޑެންސީ ހުންނަ މީހެއް ނަމަ އެކަން ލޮގްކުރެވި އެމީހަކު ބެލެހެއްޓެން ވާނެ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Jan 28, 2025, 06:52 PM
މާލެ ސިޓީ

ސުއިސަޑަލް ޓެންޑެންސީ ނުވަތަ އަމިއްލަ މަރުވުމުގެ ޚިޔާލު ހުންނަ މީހެއް ނަމަ އެކަން ލޮގްކުރެވި އެމީހަކު ބެލެހެއްޓޭނެ އިންތިޒާމު ހުންނަން ވާނީ ކުރިން ހަމަޖެހިފައި ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި. ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަރާ ގުޅިގެން ސަރުކާރާ ފުލުހުންވެސް ދައްކަމުންދާ ބައެއް ވާހަކަތަކަކީ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާނަމަ ގަބޫލުކުރަން ދަތި ވާހަކަތަކެއް ކަމަށެވެ.

މީގެ އިތުރުން ޒަކިއްޔާ މަރުވި އަމިއްލައަށް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ދިއުމަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ، މުޖުތައަމުގެ ޒިންމާ މިކަންކަމުގައި އޮންނާނެ ކަމަށެވެ. ސުއިސަޑަލް އެޓެމްޓްސް އެމީހެއްގެ ހުރި ނަމަ އެކަންކަން އެމީހަކު ހުންނާނީ ކޮންމެ ވެސް ވަރަކަށް މީހުންނާ ހިއްސާކޮށްފައި ކަމަށާ އެކަހަލަ ޓެންޑެންސީ ހުރި ނަމަ އެކަން ހުންނަންވާނީ ރަސްމީ އިދާރާތަކުގައި ލޮގެ ކުރެވި މާލެއާ ހަމައަށްވެސް އައިސްފައި ކަމަށެވެ.

މިކަންކަމުގައި މުޖުތަމައުގެ ޒިންމާ އެބައޮވޭ. މިކަހަލަ ނިކަމެތި ރައްޔިތެއްގެ ސުއިސައިޑަލް ޓެންޑެންސީ ހުރިކަމުގައި ވަންޏާ އެ އެނގޭ ކޮންމެވެސް ބަޔަކު އުޅޭނެ. ކޮންމެ ރަށެއްގެ ވެސް ކައުންސިލެއް އޮންނާނެ. އޭނަގެ އާއިލާ ވެސް އޮންނާނެ. އެކަހަލަ ޓެންޑޭންސީސް ހުރެއްޖެ ކަމުގައި ވަންނާމުން، ކޮންމެވެސް ހިސާބެއްގައި އޮންނާނީ އެ ލޮގްކުރެވިފައި. އެ މައްސަލަ މާލެއާ ހަމައަށް އަންނަން ވާނެ. އަދި އެނަ ބެލެހެއްޓުމުގެ ކޮންމެވެސް އިންތިޒާމުތަކެއް ހަމަޖެހިފައި އޮންނަން ވާނީ. ދެން އޮތީ އޭނައަކީ ބުއްދި ފަސްވފެައި ހުރި މޮަޔައެއް ހޭ. އެހެންވެއްޖެ ނަމަ އެކަންވެސް އޮންނަން ވާނީ އެނގިފައި.

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ، މިކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒުވެސް ބަސްފުޅެއް ވިދާޅުނުވެ ހުންނެވުމަކީ ޣައިރު ޒިންމާދާރުކަމެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved