April 4, 2026
Advertisement
ފަލަސްތީނު މީހުން ބޭރުކޮށް ޣައްޒާ ހުސްކުރުމަށް ޓްރަމްޕް ދެއްކި ވާހަކައަށް ދިވެހި ސަރުކާރު ހަނު!
ފަލަސްތީނު މީހުން ބޭރުކޮށް ޣައްޒާ ހުސްކުރުމަށް ޓްރަމްޕް ދެއްކި ވާހަކައަށް ދިވެހި ސަރުކާރު ހަނު! / ފިނޭންސް މިނިސްޓްރީ

ފަލަސްތީނު މީހުން ބޭރުކޮށް ޣައްޒާ ހުސްކުރުމަށް ޓްރަމްޕް ދެއްކި ވާހަކައަށް ދިވެހި ސަރުކާރު ހަނު!

Jan 28, 2025, 08:53 PM
މާލެ ސިޓީ

ފަލަސްތީނު މީހުން ބޭރުކޮށް ޣައްޒާ ހުސްކުރުމަށް އެމެރިކާގެ ރައީސް ޑޮލަންޑް ޓްރަމްޕް ދެއްކި ވާހަކަތަކާ ދެކޮޅަށް ދިވެހި ސަރުކާރުން ބަހެއް ނުބުނެ ހަނުތިބުން އިޚްތިޔާރުކޮށްފިއެވެ.

Advertisement

ޓްރަމްޕްވަނީ އޭނާ ބޭނުންވަނީ ޣައްޒާ "ސާފުކޮށްލުމަށް" ކަމަށާއި އެގޮތުން އެތަނުގައި ދިރިއުޅޭ އާބާދީ އަވައްޓެރި ޤައުމުތަކަށް ފޮނުވާލަން ބޭނުންވާ ކަމަށް ބުނެފައެވެ.

ޓްރަމްޕްގެ މި ވާހަކަ އަރަބި އިސްލާމީ ގައުމުތަކުގެ އިތުރުން އދ އާއި ޖަރުމަނުވިލާތުގެ އިތުރުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުންވެސް ވަނީ ކުށްވެރިކޮށް އެކަން އެގޮތައް ކުރިއަށް ގެންދަން ދެކޮޅު ހަދާކަން ހާމަ ކޮށްފައެވެ.

ބައެއް ފަރާތްތަކުން ވަނީ އެއީ ނަސްލު ނައްތާލުމުގެ ބާވަތެއް ކަމަށާއި އަދި އެއީ ހަނގުރާމައިގެ ކުށެއްގެ ގޮތިގައި ސިފަކޮށްފައެވެ

ދިވެހި ސަރުކާރުން ޣައްޒާގެ މައްސަލައިގައި ނުހަނު ގިނަ "ޑްރާމާ" ކުޅެފައިވާިއރު، ޓްރަމްޕްގެ މި ވާހަކަތަކާ ދެކޮޅަށް އެއްޗެއް ބުނެފައިނުވެއެވެ.

ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގި އަނިޔާވެރި ހަނގުރާމަ އަށް 15 މަސް ދުވަސް ފާއިތުވެގެން ގޮސް އެންމެ ފަހުން އެ ހަނގުރާމަ ހުއްޓާލި އިރުވެސް އިސްރާއީލު މީހުން ރާއްޖެ އެތެރެވުން މަނާނުކޮށް ތިބި ރައީސް މުއިއްޒުގެ ސަރުކާރުން މިކަމުގައިވެސް ބަހެއް ބުނެފައި ނުވާއިރު މީގެ ކުރިން ރައީސް މުއިއްޒުވަނީ އެމެރިކާއާ އެކު މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ކުރިން ވިދާޅުވެފައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved