ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ސަލާމްކުރައްވަނީ: / ރައްޔިތުންގެ މަޖިލިސް
ސިޔާސީ
އަދުރޭ ޕީއެންސީއިން އެކަހެރިކޮށްފިކަމަށް އަޑުތައް ގަދަވެއްޖެ
Mariyam Isaadha
މަރިޔަމް އިސާދާ
28 ޖެނުއަރީ 2025
މާލެ ސިޓީ

ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއަރ ޕާސަންގެ އަތުން އެ ޕާޓީގެ ހުރިހާ ބާރުތަކެއް ނަގައިފި ކަމަށް ބުނެ މީޑިޔާތަކުގައި ރިޕޯޓުކޮށްފިއެވެ.

މިކަމާ ގުޅިގެން ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ރަސްމީ ހަފުލާތަކުގައި އެކުގައި ފެނުނު ނަމަވެސް ދެ ރައީސުންގެ ގުޅުން ހީނަރުވާން ފެށިތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އެގޮތުން މިނިސްޓަރުކަމުން ފައިސަލް ވަކި ކުރި މައްސަލާގައި އިޝާރާތެއް އަދި މަޝްވަރާއެއް ވެސް ރައީސް މުއިއްޒު، އަބްދުއްރަހީމްއާ ނުކުރައްވާ ކަމަށެވެ.

މީގެ އިތުރުން ޕީއެންސީ ހިންގުމުގެ ކަންކަމުން އަބްދުއްރަހީމް ދުރުގައި ހުރުމަށް އަންގައި، ޕީއެންސީ އޮފީހަށް އަބްދުއްރަހީމް ވަނުން މަނާކޮށްފައިވާ ކަމަށް ވެސް ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އަދި އަބްދުއްރަހީމް އާއި ރައީސް މުއިއްޒު އާއި ޖެހިގެން އުޅޭ ހަގީގީ މައްސަލައަކީ އަބްދުއްރަހީމް 2028 ގައި ރައީސް ކަމަށް ކުރިމަތި ލާފާނެ ކަމަށް ބިރުން ރައީސް މުއިއްޒަށް ކުރިމަތި ވެގެން އުޅޭ ހާލަތެއް ކަމަށްވެސް ވެއެވެ.

އަބްދުއްރަހީމު ޕީއެންސީއިން އެކަހެރިކުރިކަމުގެ އަޑުތައް ގަދަވެފައިވާތީ އެކަމުގެ އަދާހަމައެއް ހޯދުމަށް "ތޭރަ އޮންލައިން"އިން ޕީއެންސީގެ ސެކެރެޓަރީ ޖެނެރަލް މުއާޛު ޙަލީމަށް ގުޅާ ފޯނު ނުނެގުމުން މެސެޖުކުރުމުން ވެސް ޖަވާބެއް ދެއްވާފައިނުވެއެވެ.

އަބްދުއްރަހީމު ޕީއެންސީއިން އެކަހެރިކޮށްފައިވާ ކަމުގެ އަޑުތައް ތިލަވީ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަބްދުއްރަހީމުގެ ދަރިކަލުން އިބްރާހިމް ފައިސަލް މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.

ފައިސަލް ވަކިކުރާ ކަމުގެ އަޑުތަކާއި އަބްދުއްރަހީމް އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާކަމުގެ އަޑުތައް މި ފަހުން ވަނީ އެކިފަހަރުމަތިން ގަދަވެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved