March 19, 2026
Advertisement
އަދުރޭ ވަނީ ކާރަކަށް ލައިގެން ގެންގޮސްފައި
އަދުރޭ ވަނީ ކާރަކަށް ލައިގެން ގެންގޮސްފައި / ތޭރަގްރެފިކްސް

މަޖިލިސް ރައީސް ރަންވޭ މަތިން ކާރަށް އަރުވައިގެން ގެންގޮސްފި

Jan 29, 2025, 04:22 AM
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް

މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ރާއްޖެ ވަޑައިގެންނެވުމުން ނޫސްވެރިންނާ ބައްދަލު ވިޔަ ނުދެއްވާ ކާރުކޮޅަށް ލައިގެން ގެންގޮސްފި އެވެ.

Advertisement

އަދުރޭ ގެ ދަރި އިބްރާހިމް ފައިސަލް ވަޒީރު ކަމުން ވަކިކުރުމާއެކު އޭނާވަނީ މެލޭޝިއާއަށް ކުރައްވަމުން ގެންދެވި ދަތުރު ކުރު ކުރައްވާ މިރޭ ރާއްޖެ ވަޑައިގެންފައެވެ.

އަދުރޭ ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި އޮތް ނަމަވެސް އޭނާ ފްލައިޓުން ފޭބިއިރު ރަސްމީ ކާރުކޮޅު ރަންވޭ މައްޗަށް އަރުވާ ސެކިއުރިޓީއިން ވަނީ އަދުރޭ ކާރަށް އަރުވައިގެން ގެންގޮސްފައެވެ.

ގެންދިޔައީ ކޮންތާކަށް ކަމެއް އަދި ސާފުވާގޮތް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަދުރޭއަށް ނޫސްވެރިންނާ ބައްދަލު ވިޔަ ނުދީ ގެންދިޔައީ ރައީސް މުއިއްޒުގެ އަމުރަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved