ވައްޑެ / ޝަފްރާޒް | ތޭރަ އިމޭޖްސް
ސިޔާސީ
ވައްޑެ ފަލާހަށް: ތި ތިބީ އެންޓި ޑިފެކްޝަން ވާފަށަކުން ބަދެފައި
Mariyam Isaadha
މަރިޔަމް އިސާދާ
29 ޖެނުއަރީ 2025
މާލެ ސިޓީ

ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕުގެ 100 ޕަސެންޓު ތިބީ ރައީސް މުހައްމަދު މުއިއްޒުއާ އެކު ކަމަށް ޕީއެންސީގެ ޕީޛި ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމު ފަލާހު ވިދާޅުވުމުން، ޕީއެންއެފްގެ އިސް ސަފުގައި މަސައްކަތްކުރައްވާ މުހައްމަދު އަހުމަދު ވަހީދުގެ މަޖާޒީ ރައްދެއް އަމާޒުކުރައްވައިފިއެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މަގާމުން ވަކި ކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ރައީސް ޑރ. މުއިއްޒު ދެމެދު މައްސަލަ ގޯސްވެފައިވާ ކަމުގެ އަޑުތައް ފެތުރި، މަޖިލިސް ރައީސްގެ މަގާމުން އަބްދުއްރަހީމް ވަކި ކުރުމުގެ މަޝްވަރާތައް ވެސް ނުރަސްމީ ގޮތެއްގައި ހިނގަމުން އަންނަ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކުރުމާ ގުޅިގެން ފަލާހު ވިދާޅުވެފައިވަނީ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕް އަބަދުވެސް އޮންނާނީ ރައީސް އާއި ސަރުކާރާ އެކީގައި ކަމަށެވެ.

ފަލާހުގެ މި ވާހަކައަށް ރައްދު ދެއްވާ ވައްޑެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެނޫން ގޮތެއް މިއަދު ޕީއެންސީގެ އެއްވެސް މަޖިލިސް މެމްބަރަކަށް ނޯންނާނެ ކަމަށެވެ. ސަބަބެއް ކަމުގައި ވައްޑެ ވިދާޅުވެފައިވަނީ، އެންޓި ޑިފެކްޝަން ގާނޫނަށް ދާދި ފަހުން ޕިއެންސީ މަޖިލިސް މެމްބަރުންގެ އަޣްލަބިއްޔަތުން ގެނައި އިސްލާހާ އެކު ގޮނޑި ގެއްލިދާނެތީ އެވެ.

އެގޮތުން ވައްޑެ ވިދާޅުވެފައިވަނީ، މަޖިލިސް މެމްބަރުން މިއަދު ތިބީ އެންޓި ޑިފެކްޝަން ވާފަށަކުން ގޮނޑިއާ ލާ ބަނދެފައި ކަމަށާ އެހެންކަމުން ރައީސް މުއިއްޒަށް ބައިއަތު ހިފުން ނޫން ގޮތެއް މިއަދު ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް ނެތް ކަމަށެވެ.

މީގެ އިތުރުން ވެސް ވައްޑެ ވަނީ ފަލާހުގެ ވާހަކަތަކަށް ރައްދުދެއްވާ، އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ވެސް ފަލާހުމެންނަށް ނުކުރޭނެ ކަމަށްވެސް ވިދާޅުވެފައެވެ. އެއީ އެ ގާނޫނު އުވާލައިފި ނަމަ ރައީސް މުއިއްޒު ކޯފާ އިސްކުރައްވާ، މިހާރު މެމްބަރުންނަށް ދެމުން ގެންދާ ނަގުދު ބައި ލައްކަ ރުފިޔާ މެމްބަރުންނަށް ނުލިބޭނެތީ ކަމަށް ވެސް ވައްޑެ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved