March 20, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މަލީހު
ޕީއެންއެފްގެ އެސްޖީ މަލީހު / ތޭރަ އޮންލައިން

މަޖިލިސް މެމްބަރުން ނަޒާހަތްތެރި ނަމަ ރައީސް މުއިއްޒުގެ ޖީބަށް ނުލެވޭނެ: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Jan 29, 2025, 06:20 PM
މާލެ ސިޓީ

މިއަދު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ގިނަ މެމްބަރުންގެ ނަޒާހަތްތެރިކަމާ މެދު ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ސުވާލު އުފައްދަވައިފިއެވެ.

Advertisement

މަޖިލިސް މެމްބަރުންގެ ނަޒާހަތްތެރިކަމެއް މިއަދު ހުރި ނަމަ ފެންނަމުންދާ ބައެއް މަންޒަރުތަކާ އިވެމުންދާ ބައެއް އަޑުތައް އެއީ ދޮގަކަށް ވާނެ ކަމަށާ ނަމަވެސް އެނގި ހާމަވަމުންދަނީ ހުރިހާ ވާހަކައެއް ތެދު ހަގީގަތް ކަމަށް މަލީހު ވިދާޅުވީ ޗެނަލް13 ގެ ނިއުސްޓޯކު ޕްރޮގްރާމުގައި ގައުމުގެ ހާލަތަށް ނަޒަރު ހިންގަވާ ލައްވާ ދެއްކެޗި ވާހަކައިގައެވެ.

މަލީހު ވިދާޅުވީ، އޭނާ އަބަދުވެސް ގަބޫލުކުރާ އުސޫލެއް އޮންނަ ކަމަށާ އެއީ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަން ވާނީ އިލްމީ ގާބިލު މެމްބަރުންތަކެއް ކަމަށެވެ. ނަމަވެސް އަދުގެ މަޖިލީހުގައި ވެސް ގިނައިން ތިއްބެވީ ސިސްޓަމްވެސް ރަގަޅަށް ބޭނުން ކޮށްލަން އެނގިވަޑައިނުގަންނަވާ މެމްބަރުން ކަމަށް މަލީހު ވިދާޅުވިއެވެ.

މަޖިލީހުގައި ތިބެންވާނީ އިލްމީ ގާބިލު މީހުން. ލިޔަން ކިޔަން ނުދަން އެކި އެކި ފިހާރަތަކުގެ ގުދަންތަކުގައި މަސައްކަތްކޮށްފައި ތިބި ބޭފުޅުން ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތީމަ އެ ބޭފުޅުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. އެފަދަ ބޭފުޅުންގެ ފަރާތުން އަޅުގަޑުމެން ކަމެއް އުއްމީދުވެސް ކޮށްގެން ނުވާނެ.

މަލީހު

މަލީހު އިތުރަށް ވިދާޅުވީ، މަޖިލިސް މެމްބަރުން ތައުލީމީ ގާބިލު ބަޔަކަށް ވާން ޖެހެނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން އެންމެ ރަގަޅު ގޮތުގައި ނިންމުގެ ވިސްނުމާ ތަޖުރިބާ ހުރުން ކަމަށަ އެހެނީ އެ ބޭފުޅުންނަކީ ރައްޔިތުންގެ ޓެކްސް ފައިސާ ނުހަނު ބޮޑު މުސާރަ ނަންގަވައިގެން، އޭގެ އިތުރުން އާންމު ރައްޔިތުންނަށް ނޯންނަ އެތައް އިމްތިޔާޒުތަކެއް ގާނޫނުތަކުންވެސް ލިބިވަޑައިގެން ތިއްބަވާ ބޭފުޅުންނަށް ވުމުން ކަމަށް ވެސް މަލީހު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved