March 18, 2026
Advertisement
ރައީސް ޔާމީން ޖަލްސާގައި ވާހަކަދައްކަވަނީ
ރައީސް ޔާމީން ޖަލްސާގައި ވާހަކަދައްކަވަނީ / ތޭރަ އޮންލައިން

ވަޒީރުންގެ މެންޑޭޓު ރައީސް މުއިއްޒު ވަނީ ސަފޮކޭޓުކޮށް ޗޯކު ކޮށްލާފައި: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Jan 29, 2025, 07:47 PM
މާލެ ސިޓީ

ދިވެހިރާއްޖޭގައި ވަޒީރުން ގިނަ ނަމަވސް އޭގެއިން ފައިސާ ނުކުރާ ސަބަބާ މެދު ރައްޔިތުން އުފައްދާ ސުވާލަށް ރައިސް އަބްދުﷲ ޔާމީން ޖަވާބެއް އަރުއްވައިފިއެވެ.

Advertisement

ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ، ސްރީލަންކާ ވެސް ރާއްޖެއަށް ވުރެ ރަގަޅަށް މިހާރު ވެރިކަން ކުރާ ކަމަށް ރައްޔިތުން ދައްކަމުންދާ ވާހަކައަށް އިޝާރާތްކުރައްވާފައެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ ލަންކާގެ ކެބިނެޓުގައި ވަޒީރުން މަދު ނަމަވެސް އެ ވަޒީރުންނަކީ ގާބިލު ބައެއް ކަމަށާ އެ ވަޒީރުންނަށް އެ ވަޒީރުން ބޭނުންވާ މެންޑޭޓުގެ ތެރެއިން މަސައްކަތްކުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒުގެ ކެބިނެޓުގައި ތިއްބަވަނީ ރައީސް މުއިއްޒު އެޅުއްވިހާ ބަތަކަށް ރިހަ އަޅަން ޖެހޭ ވަޒީރުންނަށް ވުމުން ވަޒީރުންގެ ގާބިލުކަމުގެ ފައިދާވެސް ނުނެގޭ ކަމަށެވެ.

މިތާ ވަޒީރުން ގިނަވުމުން ވަނީ ކޮންކަމެއް ހެއްޔޭ. މިތާ ވަޒީރުން ގިނަވިޔަސް އެމީހުންގެ މެންޑޭޓު އެއޮތީ މުޅިން ސަފޮކޭޓުކޮށް ޗޯކުކޮށްލާފައި ނޫންތޯ. އެބުނަނީ ނޫންތޯ ތިމަންނަ ބުނާ ގޮތަކަށް ތިމަންނަ ބުނާހާ ކަމެއް ކުރާ ބަޔަކު ނޫނީ ނުލައްވާނަމޭ.

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒުއަށް ހިތަކަށް ވެރިކަމެއް ލިބުމުން ވެސް ގައުމު ހިނގުމުގެ ބަދަލުގައި ބައްލަވަނީ އަމިއްލަ މަންފާއަށް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved