ޕީއެންއެފް ޓިކެޓުގައި މަޖިލީހަށް ވާދަކުރުމަށް ޝައުގުވެރިވާ ކެންޑިޑޭޓުން ތައާރަފްކުރުމަށް ބޭއްވި ޖަލްސާ / މިސްބާހް | ތޭރަ އިމޭޖްސް
ސިޔާސީ
ހުރި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ޑެޑްލައިންތައް ބަދަލުކުރަން އީސީއަށް މަލީހު ގޮވާލައިފި
Hanaan Naeem
ހަނާން އަހުމަދު ނަޢީމް
10 ފެބްރުއަރީ 2024
މާލެ ސިޓީ

އިންތިހާބާއި ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުމަށްފަހު، ޑެޑްލައިންތަކަށް ބަދަލު ގެންނަން، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ޕާޓީ އެުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހު ޖަމާލް، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ގޮވާލައިފިއެވެ.

މަލީހު މިފަދައިން ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކުރިމަތިލުމުގެ ސުންގަޑި ބަދަލެއް ނުވާނެކަމަށާއި، މަޖިލިސް އިންތިހާބުގައި ކުރިމަތިލުމަށް ފޯމު ހުށަހަޅާފައިވަނީ މިހާތަނަށް އެންމެ 18 ކެންޑިޑޭޓުން ކަމަށް ހާމަކުރެއްވުމުން އެކަމާއި ގުޅުވައި އެކްސް ހޭންޑަލްގައި ކުރެއްވި ޕޯސްޓެއްގައެެވެ.

އެގޮތުން އެ ޕޯސްޓުގައިވަނީ، އިންތިހާބުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށް، ޑެޑްލައިންތައް ބަދަލުކުރަން އީސީއަށް ގޮވާލައިފައެވެ.

އެގޮތުން މަލީހު ވަނީ، ގިނަ ކެންޑިޑޭޓުންގެ ޤާނޫނީ ފޯމުތައް ހުރީ ޑީޖޭއޭގައި ކަމަށާއި ބޭންކު އެކައުންޓުތައް ހުޅުވުމުގައިވެސް އެތައް ދަތިތަކެއް ހުރި ކަމަށް ފާހަގަކޮށްފައެވެ.

މީގެ އިތުރުން ބޭންކާއި އީސީ ވެސް އަދި އެކައްޗެއް ނުކިޔާކަމަށާއި މަޖިލިހުން އިންތިޚާބު ރޯދައިގެ ފަހަށް ބަދަލުކުުރަން ނިންމާ ވާހަކަވެސް އެ ޕޯސްޓުގައި ވަނީ ފާހަގަކުރައްވާފައެވެ.

މީގެކުރިން މަޖިލިސް އިންތިހާބބު ބާއްވަން ނިންމައިފައިވަނީ ރޮދަ މަހުގެ ތެރޭގައެވެ. ނަމަވެސް ސިޔާސީ ޕާޓީ ތަކުން ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ރޯދަމަހަށްފަހު އިންތިހާބު ބޭއްވުމަށް ހުށަހެޅި އިސްލާހު މިހާރު ވަނީ އިސްލާހުކޮށްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved