February 27, 2026
Advertisement
އަލީ ހުސެއިން
އަލީ ހުސެއިން / ސޯޝަލް މީޑިއާ

ހިޔާލާއި ފިކުރެއް ޖަލަކަށް ނުލެވޭނެ: އަލީ ހުސެއިން

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 30, 2025, 06:09 PM
މާލެ ސިޓީ

ހިޔާލާއި ފިކުރެއް ޖަލަކަށް ނުލެވޭނެ ކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެ އެވެ.

Advertisement

އަލީ މިހެން ވިދާޅުވީ މީޑިއާތަކާއި އިންޓަނެޓު ރެގިއުލާޓު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅަން ނިންމާފައިވާކަން ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެފައިވަނިކޮށެވެ.

ސަން މީޑިއާ އަށް ދެއްވި އިންޓަވިއުގައި ނާޒިމް ފާހަގަ ކުރެއްވީ މިހާރު އޮތް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން ވަކިން މަސައްކަތް ކުރާތީ ދައުލަތުން ބޮޑު ހަރަދެއް ވެސް ހިނގާ ކަމަށެވެ. އަދި، އެ ދެ މުއައްސަސާއިން ވެސް ކުރަނީ އެއް މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

މި ބިލާއެކު ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް ކަމަށްވާ ޓުވިޓާ (އެކްސް)، އިންސްޓަގްރާމް، ޓެލެގްރާމް އަދި ޓިކްޓޮކްވެސް ރާއްޖޭގައި ރެގިއުލޭޓް ކުރެވިގެންދާނެ ކަން ދޭހަވާ ފަދަ މޭރުމަކުން ނާޒިމް ވަނީ ވާހަކަދައްކަވާފަ އެވެ.

ނާޒިމްގެ މިވާހަކަތަކާއި ގުޅިގެން ގިނަ އާންމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވުމުން ސަރުކާރުން ވަނީ ނާޒިމްގެ ވާހަކައިން ބަރީއަވާ ކަމަށް ބުނެފަ އެވެ.

ނާޒިމަށް ރައްދުދީ ހީނާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނޫސްވެރިކަމާ އިންޓަރނެޓް ރެގިއުލޭޓް ކުރާ ބިލެއް ތައާރަފު ކުރާކަށް ސަރުކާރުން އެެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved