ގޮނޑި ގެއްލޭ އިސްލާހުތަކުގެ މައްސަލަ ސުޕްރީމް ކޯޓުގައި / ފޭސްބުކް
ހަބަރު
ގޮނޑި ގެއްލޭ ގޮތަށް ތަސްދީގުކުރި އިސްލާހުގެ މައްސަލަ ބަލާނީ ސުޕްރީމު ކޯޓުގެ ފުލް ބެންޗުން!
Mariyam Isaadha
މަރިޔަމް އިސާދާ
30 ޖެނުއަރީ 2025
މާލެ ސިޓީ

ޤާނޫނު އަސާސީގެ 73 ވަނަ މާއްދާއަށް ގެނެވުނު އިޞްލާޙު ބާޠިލުކުރުމަށް އެދި ހުށަހެޅިފައިވާ މައްސަލަ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުން ބެލުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން މެންބަރުކަން ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ސުޕްރީމު ކޯޓަށް ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު، ގާނޫނީ ވަކީލު އަލީ ހުސައިނެވެ.

އަލީ ކުރިން ހާމަކޮށްފައިވާ ގޮތުގައި، މައްސަލަ ހުށަހެޅުއްވީ، އެ ބަދަލުތައް ގެނައީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާ ހިލާފަށް އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ވެސް ހިލާފަށް ކަމަށް ވާތީ އެވެ. މައްސަލައަށް ތަދައްޚުލުވުމަށް އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓިކް ޕާޓީއަށް ފުރުޞަތު ދީފައިވެއެވެ.

މި މައްސަލަ އާ ގުޅިގެން ސުޕްރީމު ކޯޓާ ހަވާލާދީ އޮންލައިން ނޫސް "ވަގުތު"ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މައްސަލަ އަދި ތާވަލުކޮށްފައި ނުވިނަމަވެސް، ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން ހިމެނޭ ފުލް ބެންޗުން މައްސަލަ ބަލާގޮތަށް ނިންމާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުވެވަޑައިގަންނަވާ ޕާޓީ ބަދަލު ކުރައްވައިފި ނަމަ، އެ މެމްބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނެސް ފާސްކޮށް ތަސްދީގުކޮށްފައިވަނީ އެންމެ ހަތް ގަޑިއިރުގެ ތެރޭގައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved