March 21, 2026
Advertisement
ޑރ ޖަމީލު
ޑރ ޖަމީލު / ތޭރަ އޮންލައިން

ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރެވެންޏާ އަދުރޭއަށް ދިފައިވާ ރަށްތަކުގެ މައްސަލައިގައި ރައީސް މުއިއްޒަށް ވެސް ދައުވާ ކުރެވެންވާނެ: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Jan 31, 2025, 08:04 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ފްރޭމުކޮށް ވ އާރަށުގެ މައްސަލައިގައި މައްސަލަތައް ބަލާ ދައުޥާ އުފުލާފައިވާއިރު، މަޖިލިސް ރައީސް އަބްދުއްރަހީމު އަބްދުﷲ އަށް ދޫކުރި ފަޅު ރަށްތަކުގެ މައްސަަލައިގައި ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ވެސް ދައުވާ އުފުލެންވާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލު މިފަދައިން ވިދާޅުވީ، ޕީއެންއެފްގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޑރ ޖަމީލު ވިދާޅުވީ، އަބްދުއްރަހީމަށް ތިން ފަޅު ރަށެއް ލާމު އަތޮޅުން ދޫކޮށްފައިވާއިރު، އެ ތިން ރަށްވެސް މިހާރު އިންވެސްޓަރުން ހޯދައިގެން ކުޑަ ކުލީގައި ހިންގަމުންދާ ކަމަށެވެ. ނަމަވެސް އެއިން ކަމެއް ޕީޖީގެ ސަމާލުކަމަށް އައިސްފައިނުވާތީ އެކަމަށް ޑރ ޖަމީލު ވަނީ ފާޑު ވިދާޅުވެފައެވެ.

އަބްދުއްރަހީމަށް ތިން ފަޅު ރަށް އެ އޮތީ ދީފައި. ކުލި އޮތީ ކުޑަކޮށް. ވ އާރަށުގެ މައްސަލައިގައި ރައީސް ޔާމީނަށް ދައުވާކުރަންޏާ ހަމަ އެ ބީދައިން ރައީސް މުއިއްޒަށްވެސް އެ ދައުވާ ކުރެވެން ވާނެ. ޕީޖީ އައްބާސްއަށް މިކަމެއް ނުފެނޭ. ނަމަވެސް ރައީސް ޔާމީންގެ މައްސަލަތައް އަލުން އެބަ ބަލާ

ޑރ ޖަމީލު

ޑރ ޖަމީލު ވަނީ ސަރުކާރު ތެރޭގައި މިހާރު ޖެހިގެން އުޅޭ ހުރިހާ މައްސަލައެއް ޖެހިގެން އުޅެނީ މިފަދަ ވައްކަންތަކުން ރައީސް މުއިއްޒަށް ބައި ނޭޅޭތީ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved