ވަކީލު އަލީ ޝާހު / ތޭރަ އޮންލައިން
ސިޔާސީ
ޕީއެންސީއިން ކުރި ވައްކަމުގައި ފިޔަވަޅު ނޭޅޭނަމަ އީސީ މެމްބަރުން އިސްތިއުފާ ދޭން ޖެހޭނެ: ވަކީލު ޝާހު
Mariyam Isaadha
މަރިޔަމް އިސާދާ
31 ޖެނުއަރީ 2025
މާލެ ސިޓީ

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އިން ކުރި ވައްކަމުގައި ފިޔަވަޅު ނޭޅޭނަމަ އިލެކްޝަން ކޮމިޝަން (އީސީ)ގެ މެމްބަރުން އިސްތިއުފާ ދޭން ޖެހޭނެ ކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަލްއުސްތާޛު އަލީ ޝާހު ވިދާޅުވެއްޖެއެވެ.

ޝާހު މިފަދައިން ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝާހު ވަނީ ޕީއެންސީއަށް ވަގަށް މެމްބަރުން ވެއްދީ ބޮޑު ވައްކަމެއް ކޮށްގެން ކަމާ ދައުލަތުގެ ފައިސާއިން ވައްކަންކޮށްފައިވާ ކަމަށްވެސް ވިދާޅުވެފައެވެ. ޝާހު ވިދާޅުވީ އެ ބޮޑު ވައްކަމުގެ ޒިންމާ ޕީއެންސީގެ ވެރިންގެ އިތުރުން އީސީގެ މެމްބަރުންވެސް އުފުލަން ވާނެ ކަމަށާ އެހެން އެކަން ނުވާނަމަ މެމްބަރުކަމުން ހުރިހާ މެމްބަރުން އިސްތިއުފާ ދީ ގެއަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށްވެސް ޝާހު ވަނީ ވިދާޅުވެފައެވެ.

ގާނޫނު ގޮތުން ބަލާނަމަ އެ ޒިންމާ މަތިކޮށްފައި މިވަނީ އިލެކްޝަން ކޮމިޝަނާ. ސިޔާސީ ޕާޓީތަކުން އެ ޕާޓީތަކުގެ ހަރަކާތްތަކާ ކަންތައް ތައްކުރަމުން ގެންދަނީ ގާނޫނުތަކާ އެއްގޮތަށް ތޯ ބެލުމަކީ އިލެކްޝަން ކޮމިޝަންސް ކޮމިޝަންގެ އަސާސީ މަސްއުލިއްޔަތެއް. ވަގު ފޯމު ފުރައިގެން މީހުން ޕާޓިއަށް ވެއްދުމުގެ ބޮޑު ޖަރީމާއެއް ޕިއެންސީ ކިޔާ ޕާޓީއިން ހިންގައިފި. ރައްޔިތުން އުފައްދާ ސުވާލަކީ އިލެކްޝަން ކޮމިޝަން ބޯހިއްލާލާ ބަލަން މިއޮތީ ކީއްވެބާއޭ.

- ޝާހު

ޝާހު އިތުރަށް ވިދާޅުވީ، ޕީއެންސީއަށް މެމްބަރުން ވައްދާފައިވަނީ ބޮޑު ތަނުންވައްކަން ކޮށްފި ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved