March 15, 2026
Advertisement
ރާއްޖެއަށް ދުންފުހުގެ އަސަރުދަނީ ކުރަމުން
ރާއްޖެއަށް ދުންފުހުގެ އަސަރުދަނީ ކުރަމުން / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ވައި ނުސާފުވާ ވަގުތުތަަކުގައި ސަމާލުވޭ: އެޗްޕީއޭ

Hussain Nawaf
ހުސައިން ނަވާފް
Feb 1, 2025, 06:04 PM

ވައި ނުސާފުވާ ވަގުތުތަަކުގައި ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އިން އިލްތިމާސްކޮށްފިއެވެ.

Advertisement

އެޗްޕީއޭއިން މިފަދައިން އިލްތިމާސްކޮށްފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ވައި ނުސާފުވާ ގަޑިތަކުގައި އެކަމަށް ސަމާލުވެ ރައްކާތެރިވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.



އެޗްޕީއޭ އިން ވައި ނުސާފުވާ ވަގުތުތަކުގައި ގޭގެ ދޮރުތައް ލައްޕައި، ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސާލުން މުހިންމު ކަމަށެް މީގެ ކުރިންވަނީ ހާމަކޮށްފައެވެ.

ރާއްޖެއަށް މިދުވަސްވަރަކީ ވަރަށް ބޮޑަށް ވައި ނުސާފު ވެފައިވާ ދުވަސްވަރެކެވެ. ބައެއް ފަހަރު ހިމާލަޔަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާ ހަމައަށް ފޯރުމުން ވެސް މިހެން ދިމާވެ އެވެ.

ވައި ތަޣައްޔަރުވެ ނުސާފުވުމުގެ ސަބަބުން ހަމަ ލޮލަށް ދުރު ފެންނަ ގޮތާއި ދުރުމިން ވެސް މި ދުވަސްވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެކަން ނިމިދިޔަ ޖެނުއަރީ މަހުން ފެށިގެން ފާހަގަވާން ފަށާފައެވެ. އެގޮތުން އިއްޔެ އެއާ ކޮލިޓީ ހުރީ 150 އަށް ވުރެއް މަތީގައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved