March 28, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ރައީސް ޔާމީން ޕީއެންސީ ބޮޓުންނަށް: ޕާޓީގެ ތެރެއިން މަނީ ލޯންޑަރ ކުރެއްވި ހަމައެކަނި ވެރިޔަކީ ރައީސް މުއިއްޒު

Mariyam Isaadha
މަރިޔަމް އިސާދާ
Feb 2, 2025, 06:42 PM
މާލެ ސިޓީ

ރައީސް މުހައްމަދު މުއިއްޒަކީ އެހެން ރައީސުންނަށް ކުރަން ކެރިވަޑައިނުގެން ހުރި ކަންކަންކުރައްވާ ވެރިއެއްގެ ގޮތުގައި ޕީއެންސީގެ ފަރާތުން މެޑަލް ޖަހަމުންދާއިރު އެމަނިކުފާނަކީ ސިޠާސީ ޕާޓީތަކުގެ ތެރެއިން މަނީ ލޯންޑަރ ކުރައްވަން ވެސް ކެރިވަޑައިގެންނެވި ހަމައެކަނި ރައީސް ކަމަށް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް އުވާލާ ޕީއެންސީއަށް މެމްބަރުން އިތުރުވާނެކަމުގެ މަގްސަދުގައި ރައީސް މުއިއްޒު ޖެއްސެވި ހިސާބު ދިމާނުވުމުން ދެން އެމަނިކުފާނާ ސަރުކާރުގެ ވެރިން ދިމާކުރީ ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށްގެން ޕާޓީއަށް އީސިގެ ތެރެއިން ނަހަމަ ގޮތުގައި ފައިސާ ވައްދާ ފައިސާގެ ބޭނުންކުރުމަށް ކަމަށެވެ.

އެހެންކަމުން އެ އަމަލަކީ ޓެރަރިޒަމް އަސް ފައިނޭންސްކުރުން ހުއްޓުވުމާ މަނީ ލޯންޑަރިންގެ ގާނޫނުގެ ތެރެއިން ކުށަކަށް ވާނެކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އެހެންކަމުން ޕީއެންސީގެ ބޮޓު ކުދިންކޮޅު އެކަންވެސް ފާހަގަކޮށް އަތް ޖަހަން ރައްޔިތުން ގާތު ބުނެދޭން ވާނެ ކަމަށެވެ.

ޕީވީސީއިން އެނގި ތިބެ އޮޅުވާލައިގެން މަކަރާ ހީލަތުން ޓެކުމުގެ ތެރެއިން ހޯދާ ލާރި މީ. މަނީ ލޯންޑރިންގެ ގާނޫނަށް މި ފެތޭއިރު ދިވެހި ތާރީޚުގައި މަނީ ލޯންޑަރކުރުމުގެ ފަޚުރު ހާސިލުކުރި ޕާޓީއަކީ ޕީއެންސީ

ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ގާނޫނު ދަމަހައްޓާ ކަމަށްވަނީނަމަ ސެނެޓުން ނިންމާ ނިންމުމަށް ޕާޓީ އެއް އުވާނުލެވޭނެކަން އީސީއަށް އެނގެންވާނެ ކަމަށާ އަދި ޕީއެންސީގެ ފޯމުތައް ސައްހަ ނޫން އިރުވެސް އެ ފޯމުތަކަށް ފައިސާ ދޫކޮށްފައިވާނަމަ އީސީ މެމްބަރުންވެސް އެ ވައްކަމުގައި ބައިވެރިވިކަމުގެ ތުހުމަތު އޮންނާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved