April 24, 2026
Advertisement
ޑރ ޖަމީލު
ޑރ ޖަމީލު / ތޭރަ އޮންލައިން

އެންމެ އާންމު ރައްޔިތު މީހާއަށް މިއަދު ފުލުހުންގެ އިދާރާއަކީ "ހޯޕްލެސް"ތަނެއް: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Feb 2, 2025, 09:51 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ ފުލުހުންގެ އިދާރާއަކި މިއަދު ނިކަމެތި ރައްޔިތުންނަށް ނާއުއްމީދީ ތަނަކަށްވެފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ ޕީއެންސީއަށް ވަގަށް މެމްބަރުން ވެއްދި މައްސަލަގައި ޖިނާއީ ތަހުގީގެއް ނުހިންގާ ފުލުހުން މަޑުން ތިބޭތީ އެކަމަށް އިޝާރާތްކުރައްވާ. ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޑރ ޖަމީލު ވިދާޅުވީ، ރައްޔިތުންތަކެއްގެ ޒާތީ މައުލުމާތުން ވައްކަންކުރިކަމުގެ ފުރިހަމަ ހެކި ހުރެމެ ވަކި ބަޔަކާ މެދު މައްސަލަ ހިންގަން ސަރުކާރަށާ ފުލުހުންނަށް ނުކެރިގެން ނުވާނެ ކަމަށާ އޭގެ ސަބަބުން ރައްޔިތުންތަކެއްގެ ހައްގު ގެއްލި އިންސާފު ގެއްލިގެން ދާ ކަމަށެވެ.

ދިވެހިރާއްޖޭގެ މަގުމަތީގައި މިއަދު ހިނގާ އެންމެ އާންމު މީހާގެ ވިސްނުމަކީ ޕޮލިސް ސާވިސް އަކީ ހަމަ ހޯޕްލެސް ތަނެކޭ. މިއަދުގެ ބުރޫޝަލް ޓްރުތަކީ ވެރިކަމުގައި ހުންނަ މިކަހަލަ މީހެއްގެ އަތްދަށުގައި އެތަން ވެފައި އޮންނަކަން.

ޑރ ޖަމީލު

ޑރ ޖަމީލު ވަނީ ސަރުކާރު ތެރޭގައި މިހާރު ޖެހިގެން އުޅޭ ހުރިހާ މައްސަލައެއް ޖެހިގެން އުޅެނީ މިފަދަ ވައްކަންތަކުން ރައީސް މުއިއްޒަށް ބައި ނޭޅޭތީ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved