ރައީސް ޔާމީން / ތޭރަ އޮންލައިން
ސިޔާސީ
ދުންފަތާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތައް ދެކޮޅު ނުޖެހޭ: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
04 ފެބްރުއަރީ 2025
މާލެ ސިޓީ

ޖީލެއް ދުންފަތުގެ ވަބާއިން ސަލާމަތްކުރުމަށް ކަމަށް ބުނެ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އެޅުއްވި ފިޔަވަޅުތައް ދެކޮޅު ނުޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީއެންއެފްއިން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އޯޑިއެންސްގައި އިންނަވާ ރައީސް ޔާމީން ވަނީ ގައުމުގެ ކަންކަމަށް ނަޒަރު ހިންގަވާ ލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ޒުވާނުންނާ މެދު ސަރުކަރުން ކަންކުރަމުން ގެންދާ ގޮތުގައި ވާހަކައަށް ނަޒަރު ހިންގަވާ ލައްވާ ރައީސް ޔާމީން ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް މަސައްކަތްކުރުން އޭގެ ޒާތުގައި ގޯސް ނޫން ކަމަށެވެ.

ނަމަވެސް އެމަނިކުފާނަށް މައްސަލައަކަށް ވަނީ ފަރުދުންގެ ޒާތީ ހައްގުތަކަކަށް އަރައިގަތުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ދުންފަތް މަނާކުރުން ގޯސްވެގެން އުޅެނީ މީހުންގެ ފަރުދީ ހައްގުތަކަށް ދައުލަތުން ވަދެގަތީމަ. ދެކޮޅު ނުޖެހޭ ސިޔާސަތުތަކެއް. ދުންފަތުގެ އިސްތިއުމާލުކޮށްގެން ބަލިވާ މީހާއަށް އެކަމު އާސަންދަ އެބަ ލިބޭ. ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް މި މެސެޖް ދީފަ ބުނަންވީ މިހާ ހިސާބުން ދުންފަތް ހުއްޓާނުލައިފިނަމަ ދުންފަތް ރިލޭޓެޑް ކަމެއްގައި، އައިސްފިއްޔާ އާސަންދަ ނުލިބޭނެއޭ. ފެއަރ.

- ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ދުންފަތާ ދެކޮޅަށް މަސައްކަތްކުރާކަން ދެއްކުމަށް ވަކި ބާވަތްތަކެއް، އާލަތްތަކެއް މަނާކުރުމަށް ފަހު ވަކި ބަޔަކު އެތެރޭ ކުރާ އާލަތްތައް ބޭނުންކުރެވޭ އުސޫލުން އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved