March 14, 2026
Advertisement
އެމްޑީޕީއިން ބޭއްވި ހިނގާލުމުގެ ތެރެއިން
އެމްޑީޕީއިން ބޭއްވި ހިނގާލުމުގެ ތެރެއިން / އެމްޑީޕީ

ރިޔާސީ ބަޔާން އަޑު އަހަން އެމްޑީޕީއިން މަޖިލިސް ގެ ދޮށަށް!

Mariyam Isaadha
މަރިޔަމް އިސާދާ
Feb 5, 2025, 04:33 PM
މާލެ ސިޓީ

ގާނޫނުއަސާސީ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އިހުތިޖާޖުކުރުމަށް އިދިކޮޅު އެމްޑީޕީން ނިންމައިފިއެވެ.

Advertisement

އެގޮތުން މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ، ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބުރާސްފަތި ދުވަހު ބާއްވާއިރު އެމްޑީޕީއިން ވަނީ ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެނެސް، މެމްބަރުންގެ ބާރުތައް ނިގުޅައިގަނެ، މަޖިލީހުގެ އެންމެހައި ބާރުތައް ރައީސް މުހައްމަދު މުއިއްޒުގެ އަތްޕުޅަށް ނަންގަވާފައިވާތީ ކަމަށް އެ ޕާޓީން ބުނެ އެ ދުވަހު މަޖިލިސް ދޮށުގައި އިހުތިޖާޖު ކުރާނެ ކަން ހާމަކޮށްފައެވެ.

އެމްޑީޕީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ އެ ޕާޓީން މަޖިލިސް ދޮށަށް އެއްވަނީ ރިޔާސީ ބަޔާން އަޑުއެހުމަށް ކަމަށެވެ. ނަމަވެސް އެއްވާ ގަޑިއެއް އެ ޕޯސްޓުގައި ބުނެފައެއް ނުވެއެވެ.

މެމްބަރުންގެ ބާރުތައް ހަނިކުރުމަށް ގެނެވުނު ބަދަލުތައް ބާތިލުކޮށް، ކުރީގެ ހާލަތަށް ގާނޫނުއަސާސީ އަނބުރާ ގެނައުމަށް އެމްޑީޕީން ވަނީ ގޮވާލައިފައެވެ.

މީގެ ކުރިން ވެސް އެމްޑީޕީން ވަނީ މަޖިލިސް ދޮށަށް އެއްވެފަ އެވެ. އެ ގޮތުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބިދޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރި ދުވަހާއި ފުލެޓާއި ގޯތި ލިބުން ލަސްވުމާ ގުޅިގެންޗވެސް އެމްޑީޕީން މަޖިލިސް ދޮށަށް އެއްވި އެވެ.

އެމްޑީޕީން މަޖިލިސް ދޮށަށް އެއްވި ކޮންމެ ފަހަރަކު ވެސް ފުލުހުން ވަނީ އެއްވުމަށް ހުރަސްއަޅާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved