April 15, 2026
Advertisement
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ / ސޯޝަލް މީޑިއާ

މީރާގެ ޓެކްސް ކޮމިޝަނަރގެ މަގާމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައްވައިފި

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Feb 11, 2024, 12:08 AM
މާލެ ސިޓީ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު ޢައްޔަން ކުރެއްވުމަށްޓަކައި އެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ސަރުކާރުން ހުޅުވައިލައިފިއެވެ.

Advertisement

މި މަގާމް ހުސްވެފައި މިވަނީ، މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އިސްތިއުފާ ހުށަހަޅުއްވާފައިވުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނީ، އެ މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2024 ފެބުރުވަރީ 20 އަދި 21 ވަނަ ދުވަހު ހެނދުނު 08:00 އިން މެންދުރު 12:00 އަށް އެ އޮފީހުން ކަމަށެވެ.

މި މަގާމަށް ކުރިމަތިލާ މީހުންނަކީ އިޤްތިިސޯދީ ނުވަތަ ޓެކްސް އާއި ގުޅުން ހުރި ދާއިރާއަކުން މާސްޓާސް ޑިގްރީ ހާސިލްކޮށްފައި ހުރުމުގެ އިތުރުން ސަރުކާރުގެ މާލިއްޔަތާ ބެހޭ ދާއިރާއެއްގައި މަސައްކަތްކޮށް މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހޭ ކަމަށް އެ އިއުލާންގައި ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރި ނުވާ އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ނުހިމެނޭ މީހަކަށް ވުންވެސް ޝަރުތު ކޮށްފައިވެއެވެ.

މި މަގާމަށް ކުރިމަތިލެއްވުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި އެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv  އިންވެސް ފޯމު ޑައުންލޯޑް ކުރެއްވޭނެ ކަމަށް އެ އޮފީހުން ބުނެއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި މީގެ ކުރިން ހުންނެވި ފަތުހުالله ޖަމީލެވެ. ނަމަވެސް އޭނާ ވަނީ މިހާރު އެމަގާމުން އިސްތިއުފާދީފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved