March 18, 2026
Advertisement
ވައްޑެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަނީ
ވައްޑެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަނީ / ތޭރަ އޮންލައިން

1 އަހަރާ 2 މަސް ވީއިރުވެސް ސަރުކާރު އޮތީ އެލްބޯޑުގައި: ވައްޑެ

Mariyam Isaadha
މަރިޔަމް އިސާދާ
Feb 5, 2025, 09:43 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެ އަހަރާ 2 މަސް ދުވަސް ފާއިތުވި އިރުވެސް ފެނިގެންދަނީ ކަންކަން ހަމަ މަގަށް އަޅުވާ ހިންގައިގަންނަން ނޭނގިގެން އުޅޭ މަންޒަރު ކަމަށް ޕީއެންއެފްގެ އިސް ސަފުގައި ހަރަކާތްތެރިވާ މުހައްމަދު އަހުމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

Advertisement

"ޗެނަލް13"ގެ "ނިއުސް ޓޯކު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވައްޑެ ވަނީ މިނިސްޓްރީތައް އެއްކޮށްލައިގެން ސަރުކާރު ހިންގަން ރައީސް މުއިއްޒު ފެއްޓެވި ސިޔާސަތަށް އަލި އަޅުވާލައްވާފައެވެ.

ވައްޑެ ވިދާޅުވި ގޮތުގައި އެހެން އެކަން ކުރަން ރައީސް މުއިއްޒަށް މަޖްބޫރުވީ ކަމަށާ އެއީ ސަރުކާރު ތެރޭގައި އިންތިހާއަށް ކޮރަޕްޝަން ހިންގާ ރައްޔިތުންގެ އިތުބާރު ވެސް ގެއްލިފައިވުމުން، ރައީސް މުއިއްޒު އަރިހު ތިއްބެވި މަދު ބައެއްގެ ތެރެއިން ބައެއް ވަޒީރުންނަށް އިތުބާރުކުރުން ނޫން ގޮތެއް ރައީސް މުއިއްޒަށް ނެތުމުން ކަމަށެވެ.

ވައްޑެ ވިދާޅުވީ، ސަރުކާރު ހިންގުމުގެ ތަޖުރިބާ ރައީސް މުއިއްޒު ކިބައިގައި ނެތްއިރު ކަމުގެ ތަޖުރިބާ ލިބިފައި ތިބި ބަޔަކު ދޭ ލަފާވެސް އަހާ ގަބޫލުކުރަން ރައީސް މުއިއްޒު ބޭނުންފުޅުނުވާ ނުވުމުގެ ނަތީޖާ ފެންނަމުންދާ ކަމަށާ އެގޮތުން ގައުމު އިނދަޖެހި ސަރުކާރު ހިންގުން ނުކިސިޔާރުވެފައިވާ ކަން ވައްޑެ ފާހަގަކުރެއްވިއެވެ.

މުއިއްޒުގެ ސަރުކާރުން އެއް އަހަރާ 2 މަސްވީ އިރުވެސް އަދިވެސް މިއުޅެނީ އެލް ބޯޑުގައޭ. ލާރނިންގައޭ މިއުޅެނީ. މިއީ އަސްލު މިހާރު ކޮމްޕިޓެންޓު މީހުން މުއއިްޒުއާ އެކު މަސައްކަތްކުރަން ބޭނުން ނުވެގެން އުޅޭ ސަބަބަކީވެސް. އެނގޭ މުއިއްޒަށް ކޮމްޕިޓެންޓު މީހުން. މެރިޓު މީހުން ދޭ ޚިޔާލަކީ މުއިއްޒުއަކަށް ނުވޭ މާ ބޮޑު އެއްޗަކަށް އިނގޭތޯ. މިއަދު މުއިއްޒަށް ނުވެސް ވަނީ ރަގަޅު ގާބިލު މީހުން މަގާމުތަކަށް. ޚާއްސަކޮށް މުއިއްޒުގެ ކެބިނެޓަކީ މިއަދު ފެއިލްޑް ކެބިނެޓެއްކަން، އެމަނިކުފާނުގެ ސަރުކާރަކީ އެއް އަހަރާ 2 މަސްވީއުރ ބޮޑޫތަނުން ފެއިލްވެފައި އޮތް ސަރުކާރެއްކަން ރައްޔިތުންގަބޫލުކުރޭ އިނގޭތޯ. ރާއްޖެއަސް ހެޔޮ އެދޭ ރާއްޖެ އާ މެދު ވިސްނާ ފިކުރުކުރާ ކޮންމެ މީހަކަށް އެނގޭ މިއަދު މުއިއްޒުގެ މިސްރާބު ހުރީ ރަގަޅަކަށް ނޫންކަން

ވައްޑެ

ވައްޑެ އިތުރަށް ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ވައުދަށް ކަމޭ ނުހިތާ ބޮޑުތަނުން ދިވެހީންނަށް ބޭވަފާތެރި ވެފައިވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved