March 12, 2026
Advertisement
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނެތަންޔާހޫ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނެތަންޔާހޫ / އަލްޖަޒީރާ

ތަރައްޤީ ކުރުމުގެ ނަމުގައި ޣައްޒާ ހިފަން ބޭނުންވާ ކަމަށް ޓްރަމްޕު ބުނެފި

Hussain Nawaf
ހުސައިން ނަވާފް
Feb 5, 2025, 09:56 PM
ޣައްޒާ

ޣައްޒާގެ ރައްޔިތުން އެހެން ޤައުމުތަކަށް ބަދަލު ކުރުމަށް ފަހު، އެމެރިކާއިން ޣައްޒާ ހިފައި، އެ ސަރަޙައްދު ތަރައްޤީ ކުރަން ބޭނުންވާ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކޮށްފިއެވެ.

Advertisement

ޓްރަމްޕް މިކަން ހާމަކުރީ ވައިޓް ހައުސްގައި އިސްރާއީލުގެ ހައްދު ފަހަނަ އަޅާފައިވާ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

ޓްރަމްޕްގެ މި ހުށަހެޅުމާ އެކު، ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމު ކުރުމަށް އެމެރިކާއިން މީގެ ކުރިން ދެމެހެއްޓި ސިޔާސަތު ބަދަލުވެގެން ދިޔަ ކަމަށް ބެލެވެއެވެ.

ޣައްޒާއަކީ ސުންނާފަތި ކޮށްލެވިފައިވާ ސަރަޙައްދެއްކަމަށް ޓްރަމްޕްވަނީ ސިފަކޮށްފައެވެ. އެހެންކަމުން ތަނުގެ 2.3 މިލިއަން ރައްޔިތުން މިޞްރާއި އުރުދުނަށް ބަދަލުކުރުމަށް އޭނާ ވަނީ މީގެކުރިން ގޮވާލާފައެވެ.

ނަމަވެސް އަރަބި ޤައުމުތަކުން މިކަމަށް ދެކޮޅުހަދައެވެ. ޢަރަބި 5 ޤައުމެއްގެ ޚާރިޖީ ވަޒީރުން ފަލަސްޠީން ރައްޔިތުން އެމީހުންގެ ބިމުން މަޖުބޫރުން ބަދަލުކުރުމާ ދެކޮޅަށް ވަނީ ބަޔާނެއް ނެރެފައެވެ.

މި ހުށަހެޅުމަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު، އަދި ޖެނީވާ ކޮންވެންޝަންތަކާ ޚިލާފު ހުށަހެޅުމެއް ކަމަށް ސިންގަޕޫރުގެ ނެޝަނަލް ޔުނިވަރސިޓީގެ މިޑްލް އީސްޓް އިންސްޓިޓިއުޓްގެ ރިސާރޗް އެސޯސިއޭޓް އިވެންޖެލިން ވަނީ ވިދާޅުވެފައެވެ.

މި ހުށަހެޅުމަށް މިޞްރާއި އުރުދުނުގެ އިތުރުން އެހެން ޢަރަބި ޤައުމުތަކުން ވެސް ވަނީ އިންކާރު ކޮށްފައެވެ.

ޓްރަމްޕްގެ މި ހުށަހެޅުމަކީ ބައިނަލްއަޤުވާމީ ސިޔާސަތުތަކާއި އެމެރިކާގެ މިހާތަނަށް ގެންގުޅުނު ސިޔާސަތާ ފުށުއަރާ ނިންމުމެއް ކަމަށް ވެސް ބެލެވެއެވެ. އެހެނީ ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމު ކުރުމަކީ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ވަޢުދެއް ކަމަށް ވާތީއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved