March 21, 2026
Advertisement
ޕީޖީ ގްރޫޕު ބައްދަލުވުމުގެ ތެރެއިން
ޕީޖީ ގްރޫޕު ބައްދަލުވުމުގެ ތެރެއިން / ސޯޝަލް މީޑިއާ

ޕީއެންސީ ޕީޖީ ގްރޫޕުގެ ބައްދަލުވުމެއް، އަބްދުއްރަހީމުގެ ހިލަމެއް ނެތް!

Mariyam Isaadha
މަރިޔަމް އިސާދާ
Feb 6, 2025, 01:55 AM
މާލެ ސިޓީ

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަން މާދަމާ ބައްވަން ނިންމާފައިވާއިރު މިއަދު މަޖިލީހުގެ އިދާރާގައި ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

Advertisement

މިއަދު ބޭއްވި އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓީ މަޖިލިސް ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްއެވެ. ހަމައެހެންމެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހާ އޭގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު އާއި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވެސް ތިއްބެވީ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓި މޭޒު ކައިރީގައެވެ.

ޕީޖީ ގްރޫޕު ބައްދަލުވުމުގެ ރިޔާސަތުގައި ތިއްބެވި ބޭފުޅުން
ޕީޖީ ގްރޫޕު ބައްދަލުވުމުގެ ރިޔާސަތުގައި ތިއްބެވި ބޭފުޅުން

މައުލޫމާތު ލިބިފައިިވާ ގޮތުގައި މި ބައްދަލުވުން ބޭއްވީ، މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަން މާދަމާ ބާއްވާ ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން މަޝްވަރާ ކުރުމަށެވެ. މި ބައްދަލުވުމުގައި ޕީއެންސީގެ މަޖިލިސް ހުރިހާ މެމްބަރުން ކަހަލަ ގޮތަކަށް ބައިވެރިވި ނަމަވެސް މަޖިލިސް ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމު އަބްދުﷲ ބައްދަލުވުމުގައި ބައިވެރިވެފައިނުވާކަން ފާހަގަކޮށްލެވެއެވެ.

އަބްދުއްރަހީމް ނެތި ޕީއެންސީގެ މުހިންމު ބައްދަލުވުމެއް މިއަދު ކުރިއަށް ގެންގޮސްފައި މި ވަނީ އޭނާއާ ރައީސް މުއިއްޒުއާ ދެމެދު ވަރަށް ބޮޑެތި މައްސަލަތަކެއް ޖެހިފައި އޮއްވަ އެވެ. ޖެނުއަރީ 28، ގައި ރައީސް މުއިއްޒު ވަނީ އަބްދުއްރަހީމުގެ ދަރިކަލުން އިބްރާހިމް ފައިސަލް ޓުއަރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved