

ކިޔަވައިގެން ތިބި ޒުވާނުންނަށް މިއަދު ވަޒީފާއެއް ނުލިބޭ ކަމާއި އެކަމާއި ޒުވާނުން ތިބީ މާޔޫސްވެފައިކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ޒުވާން މެމްބަރު މުހައްމަދު މައިޒަރު އާދަމް ވިދާޅުވެއްޖެއެވެ.
މައިޒަރު މިފަދައިން ވިދާޅުވެފައިވަނީ ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާގައި އާދީއްތަ ދުވަހު ވާހަކަ ދައްކަވަމުންނެވެ.
މިއަދު ޒުވާނުން ގަބޫލު ކުރަނީ ކިޔެވުމުގެ އެއްވެސް ބޭނުމެއް ނެތްކަން ގަބޫލު ކުރާކަމަށް މައިޒަރު ވިދާޅުވިއެވެ. އަދި މިއަދު ރާއްޖޭގައި ލާރި ލިބޭ ކަމަކަށް އޮތީ ކޮރަޕްޓް ޕޮލިޓިޝަނަކަށްވުންކަމަށް މައިޒަރު ވިދާޅުވިއެވެ.
ޒުވާނުން މިއަދު ތިބީ ވަޒީފާއެއް ނުލިބިފައި. ލޯނު ނަގައިގެން، މައިންބަފައިން އެއްކޮށްފައި ހުރި ލާރިން ކިޔަވައިގެން އައިސަށް މިއަދު ނުލިބޭ ވަޒީފާއެއް.
މިއަދު ޒުވާނުން ތިބީ މިއަދުގެ ކޮރަޕްޓް ވެރިން ސިޔާސީ މަޝަރަހް ކިލަނބުކޮށްލައިފައި އޮތުމުގެ ސަބަބުން މާޔޫސްވެފައިކަމާއި މި ދާއިރާއަށް ވަންނަން ޝައުގުވެރިކަން ހުންނަ ޒުވާނުންގެ ނިސްބަތް ވަރަށް ބޮޑު ތަނުން ދަށަށް ގޮސްފައިވާކަން މައިޒަރު ފާހަގަކޮށްފައިވެއެވެ.
ނަމަވެސް ޕީއެންއެފް އާއި ގުޅި އެ މަސައްކަތުގައި ބައިވެރިވުމަށްވެސް ހުރިހާ ޒުވާނުންނަށް މައިޒަރުވަނީ ދައުވަތު އަރުވާފައެވެ.