theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މުހައްމަދު މައިޒަރު އާދަމް / ޝަފްރާޒް | ތޭރަ އިމޭޖްސް
ސިޔާސީ
މައިޒަރު ބޮޓޭކޯއަށް: ދެން ވެސް ސައިޒުވެ ކަންކަން ރަގަޅު ކުރޭ
Mariyam Isaadha
މަރިޔަމް އިސާދާ
24 އޯގަސްޓު 2025
މާލެ ސިޓީ

ޕީއެންއެފުން ބޭއްވި ޖަލްސާގައި ތިބި ދިވެހި ރައްޔިތުންނަކީ ބަންގްލަދޭޝް ރައްޔިތުން ކަމަށް ވިދާޅުވެ، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމު ފަލާހު ދިވެހި ރައްޔިތުންނަށް މަލާމާތް ކުރުމުން ޕީއެންއެފްގެ ޒުވާން މެމްބަރު މުހައްމަދު މައިޒަރު އާދަމް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ޕީއެންއެފުން އާދިއްތަ ދުވަހުގެރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން މައިޒަރު ވިދާޅުވީ "ވޭކް އަޕް" ޖަލްސާގައި ބައިވެރިވީ، ބަންގަލްދޭޝް ރައްޔިތުންގެ ގޮތުގައި ސިފަކުރީ ސަރުކާރު ރަކިވެ ދެން ހަނދާނެ ގޮތް ހުސްވުުމުން ކަމަށެވެ.

މައިޒަރު ވިދާޅުވީ އެތަނުގައި ގޮނޑިތަކުގައި ތިބީ ހުސް ދިވެހިން ކަމަށާ އެ ހުރިހާ ރައްޔިތުންނަކީ ވެސް ސަރުކާރަށް ވީ މަދު ދުވަސްތަކުގައި ސަރުކާރުގެ ސިޔާސަތުތަކާ މެދު ހިތްހަމަ ނުޖެހި އެކަން ފާޅުކުރި ރައްޔިތުން ކަމަށެވެ.

މައިޒަރު ވިދާޅުވީ އެހެންކަމުން ރައްޔިތުންނަށް ޖެއްސުން ކުރުމުގެ ބަދަލުގައި ފަލާހުމެން ފަދަ ބޭފުޅުން ދެން ވެސް ކަންކަން ރަގަޅު ކުރަން ވީ ކަމަށެވެ.

ފަލާހު މެން ދެން ވެސް ސައިޒުވެ ކަންކަން ރަގަޅު ކުރަންވީ.

- މަލީހު

މައިޒަރު ވިދާޅުވީ ސަރުކާރުގެ ދޯހަޅިކަމުގެ ވާހަކަ ރައްޔިތުން ދައްކާނެ ކަމަށާ އެކަންކަން ހިންދާ ނުލެވޭނެ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved