April 3, 2026
Advertisement
މައިޒަރު
މައިޒަރު / ތޭރަ އޮންލައިން

ބޭސްފަރުވާއަށް އެހެން ޤައުމުތަކަށް ބާރޯސާ ވާން ނުޖެހޭނެ ގޮތެއް ނެތް: މައިޒަރު

Mariyam Ibrahim
މަރިޔަމް އިބްރާހިމް
Jul 2, 2025, 11:17 PM
މާލެ ސިޓީ

ބޭސްފަރުވާއަށް އެހެން ޤައުމުތަކަށް ބާރޯސާނުވެ ރާއްޖޭގެ ހޮސްޕިޓަލްތަކުން އެ ހިދުމަތް ލިބޭނެ ގޮތެއް ނެތް ކަމުގައި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ޒުވާން އެއް ފައުންޑިން މެމްބަރު މުހައްމަދު މައިޒަރު އާދަމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި އާދިއްތަ ދުވަހުގެރޭ ކުރިއަށް ދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން މައިޒަރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ވެރިކަމުގައި ނޫނީ ބޭސްފަރުވާއަށް އެހެނިހެން ޤައުމުތަކަށް ބަރޯސާ ވާން ނުޖެހޭނެ ފަދަގޮތަކަށް އަމާޒެއް ގެންގުޅުއްވާފައި ނުވާކަމަށެވެ.

މައިޒަރުގެ ވާހަކައިގައި ރައީސް ޔާމީން ސިއްހީ ދާއިރާއަށް ގެންނެވި އިންގިލާބީ ބަދަލުތައް ފާހަގަކުރެއްވިއެވެ.

ހަޤީގަތަކީ ދިވެހި ރާއްޖެއަށް އަޅުގަނޑުމެން ދިވެހިން ބޭރުގައުމަށް ފުރަން ނުގޮސް އިންޑިޔާއަށާއި އިންޑިޔާ އަށް ބަރޯސާ ނުވެ އިންޑިޔާ ހޮސްޕިޓަލް ތަކަށް ބަރޯސާ ނުވެ އަޅުގަނޑުމެން ދިވެހިންނަށް ބޭސްފަރުވާ ކުރުމަށް އެންމެ ބޮޑު މަސައްކަތް ކުރެއްވީ އަޅުގަނޑުމެންގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް

މައިޒަރު

މައިޒަރު އިތުރަށް ވިދާޅުވީ ރައީސް ޔާމީން ނޫން އެހެން އެއްވެސް ވެރިޔަކު ދިވެހިން، ދިވެހިންގެ އަމިއްލަ ފައި މައްޗައް ތެދުވުމަށްޓަކައި މަސައްކަތް ކޮށްދެއްވާފައެއް ނެތް ކަމަށެވެ. އެހެން ވެރިންގެ ވާހަކައަކަށް ވެފައިވަނީ ތައިލެންޑާއި އެހެން ހޮސްޕިޓަލްތަކަށް ދަތުރުކޮށްގެން ފަރުވާ ހޯދާ ވާހަމަކަން ފާހަގަކުރައްވާ މައިޒަރު ވިދާޅުވީ ނަމަވެސް ރައީސް ޔާމީންގެ އެންމެ ބޮޑު އަމާޒަކަށް ވެފައިވަނީ ދިވެހިންނަށް ދިވެހިންގެ ފަސްގަނޑުން ބޭސްފަރުވާ ލިބޭނެ ގޮތް ހެއްދެވުން ކަމުގައެވެ.

ރައީސް ޔާމީން އެ މަސައްކަތަކަށް ވެފައި ވަނީ މިޤައުމުގައި ހުރި ހޮސްޕިޓަލްތަކުގެ ނިޒާމުތައް ރަނގަޅުކޮށް ހޮސްޕިޓަލްތަކުގެ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުން ކަމުގަައި މައިޒަރު ވިދާޅުވިއެވެ.

މީގެއިންވެސް އެގިގެން ދަނީ އެހެން ވެރިންނާއި ރައީސް ޔާމީންގެ ވިސްނުންފުޅުގައި ހުންނެވި ތަފާތު ކަން މައިޒަރު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved