May 5, 2026
Advertisement
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސް ޤާނޫނީ ވަކީލް، ޑރ.މުހައްމަދު ޖަމީލް އަހްމަދު
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސް ޤާނޫނީ ވަކީލް، ޑރ.މުހައްމަދު ޖަމީލް އަހްމަދު / ތޭރަ އޮންލައިން

ރައީސް މުޢިއްޒު ފުރަތަ ދުވަހުން ފެށިގެން ބޮޑާވެގަތީ: ޑރ.ޖަމީލް

Aishath Naja
އައިޝަތު ނަޖާ
Jan 9, 2024, 12:50 AM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމަަށް ވަޑައިގެން ދުވަހުން ފެށިގެން ބޮޑާވެގަތީ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސް ޤާނޫނީ ވަކީލް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.


އެކްސްގައި ކުރި ޕޯސްޓެއްގައި ޑރ.ޖަމީލް ވިދާޅުވީ ރައްޔިތުން ވެރިކަން ބަދަލު ކުރީ ރައީސް ޔާމީންގެ މެނިފެސްޓޯއަށާއި އެމަނިކުފާނަށްޓަކައި ކަމަށެވެ.
އެގޮތުން ވެރިކަން ބަދަލުކުރުމުގައި ރައްޔިތުން އެންމެ ބޮޑަށް އިސްކަން ދިނީ ރައީސް ޔާމީންގެ ދުރުވިސްނުމަށާއި އެމަނިކުފާނުގެ ތަޖްރިބާއަށް އިތުބާރުކޮށްފައި ކަމަށް ވެސް ޑރ.ޖަމީލް ވަނީ ޕޯސްޓްގައި ފާހަގަކުރައްވާފައެވެ.


ރައީސް މުއިއްޒު އެންމެ ފުރަތަމަ ދުވަހުން ފެށިގެން ބޮޑާވެގަތީ ކަމަށާއި މިއަދު ރައްޔިތުންނަށް ފެންނަމުންދަނީ ތަޖްރިބާނެތް ކިބުރުވެރިކަމުގެ ނަތީޖާ ކަމަށް ވެސް ޑރ.ޖަމީލް ވިދާޅުވިއެވެ.
ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެން ވެރިކަމަށް އައުމަށްފަހު އެމަނިކުފާނު މަތިން ހަނދުމަފުޅުނެތުނީ ކަމަށްވެސް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.


ރައީސް ޔާމީންގެ މަޝްވަރާ ވެރިކަން ކުރުމުގައި މުހިންމުވާނެކަމަށްވެސް ރައީސް މުއިއްޒު ކެމްޕެއިން ދުވަސްވަރު ވިދާޅުވިއެވެ.
އެހެންނަމަވެސް މިއަދު އެމަނިކުފާނު އެކަހެރި ކުރައްވުމުން ސަރުކާރުގެ މުޅި އިސްފަނޑިއަށް ރައްޔިތުން ދަނީ ފާޑު އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved