ސީޕީ ޝުޖާއު ރައީސް މުއިއްޒު އަރިހުގައި / ޕޮލިސް މީޑިޔާ
ހަބަރު
ސްޓްރޯކެއް ޖެހިފައި ހުއްޓާ ފުލުހުން ހައްޔަރުކުރި ޒުވާނާ ދޫކޮށްލުން ލަސްވީ އައިއޯ މެސް ރޫމުގައި ކާން އިނުމުން!
Mariyam Isaadha
މަރިޔަމް އިސާދާ
09 ފެބްރުއަރީ 2025
މާލެ ސިޓީ

ސްޓްރޯކެއް ޖެހިފައި ހުއްޓާ ފުލުހުން ހައްޔަރުކުރި ޒުވާނާ ދޫކޮށްލުން ލަސްވީ އައިއޯ މެސް ރޫމުގައި ކާން އިނުމުންކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ހޮނިހިރު ދުވަހު ހެނދުނުގެ ވަގުތެއްގައި ހުޅުމާލޭ ފޭސް 2ގެ ވެމްކޯ ބުރިޖު ސަރަހއްދުގައި ހިނގި އެކްސިޑެއްގައި އެ ޕިކަޕް ދުއްވަން އިން ޒުވާން ފިިރިހެނަކު ފުލުހުން ހައްޔަރުކޮށްފައިވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔައިރު ވެސް އަދި ގެންދިޔަ ފަހުންވެސް ވާހަކަ ދައްކާފައިނުވާއިރު އޭނާ ފުލުހުންގެ ބަންދުގައި އޭނާ ބެހެއްޓީ މަސްތުވާތަކެތި ބޭނުންކޮށްގެން ކަމަށް ތުހުމަތުކޮށް ކަމަށް އެނގިފައިވެއެވެ. އަދި ގާތްގަނޑަކަށް 5 ގަޑި އިރު އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާފައިވާ އިރު އޭނާ ވާހަކަ ނުދައްކާ ކަމަށާއި ކުޑަކަމުދާ ތަކެތި ނުދޭކަމަށް ބުނެ ފުލުހުން ވަނީ އޭނާ އާއި އާއިލާ އާއި ބައްދަލުކުރުމަށް ފުރުސަތު ދިނުމަށް ވެސް ދެކޮޅު ހަދާފައެވެ.

އަލީ ޝިމާން ނަސީރު (41އ.) ފުލުހުންގެ ބެލުމުގެ ދަށަށްގެންދިކަން އާއިލާއަށް ވެސް އެނގުނީ ޝިމާން ދުއްވި އުޅަނދުގެ ވެރިފަރާތުން ގުޅާ އެކަން އޭނާގެ އާއިލާ އާއި ހިއްސާކުރުމުންނެވެ. މީގެ އިތުރުން ފުލުހުން ޝިމާން ހުރީ މަސްތުގެ ހާލުގައިކަމަށް ޝައްކު ކުރަމުންދާ ކަން ވެސް އެނގުނީ ޝިމާން ހައްޔަރު ކުރި ތަނުގައި ތިބި މީހުން އާއިލާއަށް މައުލޫމާތުދީފައިވެއެވެ.

އެއާއެކު އޭނާގެ އާއިލާގެ ބައެއް މީހުން ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ގޮސް ޝިމާން ހައްޔަރު ކުރި ސަބަބާއި މެދު ސުވާލުކުރުމުން އޭނާ ހައްޔަރުކޮށްފައި ހުރީ މަސްތުގެ ހާލަތުގައި ހުރެ އުޅަނދު ދުއްވި ކަމަށް ޝައްކު ކުރެވޭތީ ކަމަށް ފުލުހުން ވަނީ އަންގާފައެވެ. ވީހާވެސް އަވަހަކަށް ކުޑަކަމުދާތަކެތި ޗެކްކުރުމަށް ފަހު ޓެސްޓެ ނެގެޓިވް ނަމަ ޝިމާން ދޫކޮށްލާނެ ކަމަށް އޭނާގެ އާއިލާއަށް ފުލުހުން ވަނީ އެ ދުވަހުގެ މެންދުރުކުރި 11:00 ހަ ކަން އިރު އަންގާފައެވެ.

ޝިމާންގެ އާއިލާ އިން ވަނީ އޭނާ އަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ރެކޯޑް އޮތް މީހެއް ނޫންކަން ފުލުހުންނަށް ސާފުކޮށްދީފައެވެ. އަދި 11 ޖަހާ ކަން ހާއިރު ޝިމާންގެ ކުޑަކަމުދާތަކެތި ނަގާ ޓެސްޓުކުރުމަށް ފޮނުވާފައިވާ ކަމަށް ފުލުހުން ވަނީ ޝިމާންގެ އާއިލާއަށް މައުލޫމާތުދީފައެވެ. އެހެންކަމުން ޓެސްޓުގެ ނަތިޖާ ލިބުމުން ޝިމާން ދޫކޮށްލާނެ ކަމަށް ވިސްނައިގެން ޕޮލިސް ސްޓޭޝަން ދޫކޮށް އާއިލާ އިން ގޮސްފައިވެއެވެ.

ނަމަވެސް މެންދުރުން އަނބުރާ 3 ޖަހަން ކައިރިވި އިރު ވެސް ޝިމާން ދޫކޮށްލާފައި ނުވާތީ އަނެއްކާވެސް ޕޮލިސް ސްޓޭޝަނަށް އާއިލާ އިން ގޮސް އޭނާ ކޮބާތޯ ސުވާލުކުރުމުން ފުލުހުން ވަނީ އޭނާ ކުޑަކަމުދާތަކެތި ނުދޭ ކަމަށް ބުނެފައެވެ. އެހެންކަމުން އާއިލާއިން ވަނީ ކުރިން ފުލުހުން އޭނާގެ ކުޑަކަމުދާތަކެތި ނަގާ ޓެސްޓްކުރުމަށް ފޮނުވާފައިވާ ކަމަށް ބުނި ވާހަކަ އާއި ފަހުން ދެއްކި ވާހަކަ އާ ދިމާ ނުވާކަން ފާހަގަކޮށްފައެވެ. އާއިލާއިން ފުލުހުންނާއި އިތުރަށް ސުވާލުކުރުމުން ޝިމާން ވާހަކަދައްކަން ދެކޮޅު ހަދަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޝިމާން އަކީ މިޒާޖުގެ ގޮތުން އަނގަ ގަދަ މީހެއް ކަމަށް ވުމާއި އެކު އެނާ އަނގައިން ނުބުނެ ހުރުމުން އާއިލާއިން ވަރަށް ބޮޑަށް ސުވާލު އުފެއްދިއެވެ. ޝިމާނަކީ ހިތުގެ މައްސަލަ އާ ހަކުރު ބަލި ވެސް ހުންނަ މީހެކެވެ. އެކަން ޝިމާންގެ އާއިލާ އިން ވަނީ ފުލުހުންގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ. ފުލުހުން ޝިމާންގެ ސިއްހީ ރެކޯޑްތައް ހިއްސާކުރުމަށް އެދުމުން އެކަން ވެސް އާއިލާ އިން ވަނީ ކޮށްފައެވެ.

އާއިލާ އިން ވަނީ ފުލުހުންގެ ކިބައިން އޭނާ ހޮސްޕިޓަލަކަށް ގެންގޮސްދިނުމަށް ތަކުރާރުކޮށް އެދިފައެވެ. ފުލުހުން އެންމެ ފުރަތަމަ ބުނީ މާލެއަށް ނޫސަންދަ އަށް ޝިމާން ގެންގޮސްދޭނެ ކަމަށެވެ. ނަމަވެސް އާއިލާ އިން ވަނީ ހުޅުމާލެ ހޮސްޕިޓަލަށް އޭނާ ގެންގޮސްދިނުމަށާއި، ކުރަން ޖެހޭ ޚަރަދެއް ނަމަ އާއިލާ އިން ކުރާނެ ކަމަށް ބުނެފައެވެ.

ޝިމާންގެ ކުޑަކަމުދާތަކެތީގެ ޓެސްޓުކޮށް ނަތީޖާ ލިބުނީ މެންދުރުން އަނބުރާ 3 ޖެހި އިރެވެ. އެ ޓެސްޓުން އެނގޭ ގޮތުން އޭނާ މަސްތުވާތަކެއްޗަށް ނެގެޓިވްއެވެ. އެހެންނަމަވެސް 4 ޖެހި އިރުވެސް ޝިމާން ދޫކޮށްނުލާތީ އެކަމާއި މެދު އަނެއްކާވެސް އޭނާގެ އާއިލާ އިން ވަނީ ފުލުހުންނާއި ސުވާލުކޮށްފައެވެ. ފުލުހުން ބުނީ އޭނާ ދޫކޮށް ނުލެވިގެން އުޅެނީ ކުށްވެރިން ދޫކުރާ ޗިޓުގައި ސޮއިކުރާނެ ވެރިޔަކު ނެތިގެން ކަމަށާއި އެ ގަޑީގައި ހުރި ވެރި މީހާ ހުރީ މެސްރޫމުގައި ކާން ކަމަށެވެ. އަދި ފަހުން ފުލުހުން ވަނީ ޝިމާން ދޫކޮށްލުމުގެ ޗިޓުގައި ސޮއިކުރަން އެވަގުތު ހުރި އައިއޯ އިންކާރު ކުރާ ކަމަށް އާއިލާއަށް އަންގާފައެވެ.

އެހެންކަމުން އާއިލާ އިން ވަނީ ޝިމާންއާ ބައްދަލުކުރުމަށް ފުލުހުންގެ ކިބައިން އެދިފައެވެ. އެންމެ ފުރަތަަމަ ފުލުހުން ޝިމާން އާއި ބައްދަލުކުރުމަށް ފުރުސަތު ދިނީ އޭނާގެ އަނބި މީހާ އަށެވެ. އޭގެ ފަހު ޝިމާންގެ ކޮއްކޮ އާއި މަންމަ އާއި ބައްދަލުކުރުމަށް ވެސް ފުލުހުން ފުރުސަތު ދިނެވެ. އާއިލާ އާއި ޝިމާންއާ ބައްދަލުވި ހިސާބުން އެނާއަށް ވާހަކަ ނުދެއްކޭ ކަން އާއިލާއަށް ވެސް އެނގުނެވެ. އަދި މޫނުމަތިން ސްޓްރޯކެއް ޖެހިފަވާކަމުގެ ނިޝާންތައް ފެންނަން ހުރިކަން އާއިލާގެ ސަމާލުކަމަށް އައެވެ. އެނގިފައިވާ ގޮތުން ޝިމާން ހޮސްޕިޓަލަކަށް ގެންދެވޭ ވަރުވީ އިރުއޮއްސި 6 ޖަހަން އުޅެނިކޮށެވެ.

އައިޖީއެމްއެޗްއިން ހެދި ޓެސްޓް ތަކުން ޝިމާންއަށް ސްޓްރޯކެއް ޖެހިފައިވާކަން ވަނީ ކަށަވަރުވެފައެވެ. އެހެންކަމުން ޝިމާން މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތުކޮށް އޭނާ ފުލުހުންގެ ހައްޔަރުގައި ބަހައްޓާ ވަނީ އޭނާގެ ބޭސްފަރުވާއަށް ލަސްކޮށްފައެވެ. ސްޓްރޯކު ޖެހި ބޭސްފަރުވާ ނުލިބި 7 ގަޑިއަރަށް ވުރެ ގިނައިރު ވަނީ ހޭދަވެފައެވެ.

މިކަމާއި ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އިން ބުނީ އެކަމާއި ގުޅުން ހުރި މައުލޫމާތުތައް ސާފުކުރަމުންދާ ކަމަށާއި އެ ކަން ހިނގި ގޮތް ސާފުވުމުން މީޑިއާ އާއި އެކަން ހިއްސާކުރާނެ ކަމަށެވެ.

ހޮނިހިރު ދުވަހު ހެނދުނު 10:30 ހާއިރު ގެއިން ނުކުމެގެން ޓެކްސީގައި ޝިމާން ދަތުރުކޮށްފައި ވަނީ ފޭސް 2ން ވެމްކޯ ބްރިޖަށް އެރުމަށް ކަމަށް ވަނީ އެނގިފައެވެ. އަދި ބްރިޖަށް އަރަން ޓެކްސީގައި ދުއްވާފައި ދަނިކޮށް ބްރިޖްގެ މެދުގައި ހުރި ކޮންކްރީޓް ޓަވަރުގއި ޖެހުމަށް ފަހު އޭނާ ދުއްވަން އިން ވެހިކަލް ކޮންޓްރޯލް ނުވެ ގޮސް އެޕޯލޯ ޓަވަރ ކައިރީގައި ގަސް އިންދާފައިވާ ތަނުގައި ހުރި ވަޅުގަނޑެއް ތެރެއަށް ކުރީ ފުރޮޅު ވަނދެފައިވެއެވެ. އެއާއެކު އުޅަނދު ހުއްޓުނީއެވެ. މިކަން ހިނގަން ދިމާވީ ޝިމާންއަށް ސްޓްރޯކު ޖެހިގެންނެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved