March 27, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ރައީސް ޔާމީން ގާސިމަށް: ކުރީ ސަރުކާރުން ކަންކަން ގޯސްކޮށް ކުރިއިރު ހުރީ ކޮންތާކުތޯ

Mariyam Isaadha
މަރިޔަމް އިސާދާ
Feb 10, 2025, 03:35 AM
މާލެ ސިޓީ

ގައުމު މިއަދު އޮތް ހާލަތަށް ދިޔައީ ކުރީ ސަރުކާރުތަކުން ކަންކުރި ގޮތުން ކަމަށް، މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމު ވިދާޅުވެފައިވާވުމަށް ރައީސް އަބްދުﷲ ޔާމީން ރައްދުދެއްވައިފިއެވެ.

Advertisement

އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި، ސިޔާސީ މީހުން ކަންކަން ކުރަމުންދާ ގޮތުން ރައްޔިތުންގެ އިތުބާރު ހަގީގަތުގައިވެސް ގެއްލިފައިވާކަން ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ވޯޓުލާން ނުކުތް ނިސްބަތުން ހާމަވާ ކަމަށެވެ.

ގައުމުގެ ހާލަތުގެ ޒިންމާ އަދުގެ ސަރުކާރުން ނަގަން ޖެހޭކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ގައުމުގެ ހާލަތާ ކުރީ ސަރުކާރުތަކާ، ގާސިމް ޖާމިނުކުރައްވާއިރު ކުރީ ސަރުކާރުތަކުން އެންމެ ބޮޑު ނަފާއެއް ކުރި އެއް ބޭފުޅަކަށް ގާސިމް ވާނެ ކަމަށެވެ.

އެގޮތުން ކޮންމެ ސަރުކާރެއްގައިވެސް ގާސިމްއަށް ފަޅުރަށްތަކާ ގިރިތަކާ ތަންތަން ލިބުނުކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

އަޅުގަޑު ތާއީދެއް ނުކުރަން އެމްޑީޕީއަށް ވެރިކަން ލިބޭކަށް. އަދި އަޅުގަޑު ތާއީދެއް ނުކުރަން ގާސިމް ދައްކާ ވާހަކައަށް ވެސް. ދިވެހިރާއްޖެއަށް މިހާލަތު އައި ކުރީގެ ސަރުކާރުތަކުން ކަންކުރި ގޮތުންނޭ ބުނާއިރު، ބަލަ ކުރީގެ ސަރުކާރުތަކުން އެކަންކަން ކުރިއިރު މީނަ ހުރީ ކޮންތާކު؟ އެންމެ ބޮޑެތި މަންފާ އެ ސަރުކާރުތަކުން ލިބުނީ ކާކަށް؟ ފަޅުތަކާ ރަށްތަކާ ގިރިތަކާ ލިބުނީ ކާކަށް؟ އެކަމު މިހާރު ކުއްލިއަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ހުސްވާހެން ހީވީމަ ހަމަ މިއޮއް ވައުޟު އިއްވާ ނިންމަނީ. މި މީހުން މި ހެން ވާހަކަދައްކާ ވިސްނާ ނުލައޭ މިމީހުންނގެ ފަސްބައި އެހެން މީހުން ބަލާކަން.

ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަން އޮތަތީ އުފާ ކުރައްވާ ކަމަށާ ނަމަވެސް އިންތިހާބުގެ ދުވަސްވަރު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތަކަށް ރުޖޫއަވެވަޑައިގެން ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved