ރައީސް ޑރ މުއިއްޒު ޗައިނާގެ ޝިންޓޯ ދީނުގެ އާ އަހަރުގެ ތަހުނިޔާ ފޮނުވުމުން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ރައީސް މުއިއްޒުގެ މި އަމަލުފުޅާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ޑރ މުއިއްޒު ފޮނުވި ތަހުނިޔާގައި ވިދާޅުވީ ޑްރަގަން ކަލާންގެ ރަމްޒު ކޮށް ދެނީ ބާރާއި ހިކުމަތާއި އުފާ ފާގަތި ކަންކަމަށެވެ. ޑރ މުއިއްޒު މިފަދައިން ބުނާ ވީޑިއޯ އެއް ޗައިނާގެ މީޑިއާތަކުން ދަނީ ފަތުރަމުންނެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު ބުނަމުން ދަނީ މިފަދައިން ތަހުނިޔާ ފޮނުވުމަކީ ކަނޑައެޅިގެންވާ ބޮޑު ޝިރުކުގެ އަމަލެއް ކަމަށެވެ.
ޑްރެގަން ކަލާންގެ އަށް އީމާންކަން ފާޅު ކުރުމަކީ އެމީހުން ގަބޫލު ކުރާ ކަނޑު އަޑީގައި ވާ ޑްރެގަން ކަލާންގެ ހަޒުރަތުން ކަންކަމަށް އެދުމެވެ.
އެގޮތުން ކަންބޮޑުވުން ފާޅުކޮށް ފޭސްބުކްގައި "އަދުގެ ހާލަތު" އިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޑްރެގަން ކަލާންގެ ސިފަތައް މިގޮތަށް ބަޔާން ކުރުމަކީ ޗައިނާ މީހުން އަޅުކަންކުރާ ޝިންޓޯ ދީނީ އަގީދާގެ އެންމެ މުހިންމު އެއްބައި ކަމުުގައެވެ. އެ ދީނުގައި ވާ ގޮތުން ޑްރަގަން ކަލާންގެ އަކީއެކި ކަންކަން ކޮށްެއްވުމަށް އެދި ދަންނަވާ ކަލާންގެކަމަށާއި މާތް ﷲ ފިޔަވައި އެހެން ފަރާތަކަށް ކާމިޔާބީއަށް އެދި ނުވަތަ އިންސާނުން ހަދައިގެން ގެންގުޅޭ ކަލާންގެ ތައް ރަމްޒު ކޮށްދެނީ ފާގަތި ކަމާއި ބާރާއި ހިކްމަތް ކަމަށް ބުނުމަކީ ބޮޑު ޝިރުކުގެ އަމަލެއްކަމަށެވެ.
މީގެ އިތުރުން އެޕޯސްޓުގައި ބުނެފައިވަނީ އިސްލާމުންނަށް ދީނީ އާ އަހަރެއް ގޮތުގައި ފާހަގަ ކުރަން އޮންނަނީ ހިޖުރީ އާ އަހަރު އެކަނި ކަމަށެވެ.
މީގެ އިތުރުން އެޕޯސްޓުގައި ބުނެފައިވަނީ ޑްރެގަން ކަލާންގެ އަށް އަޅުކަން ކުރާ މީހުން އެއަށް ސަނާކިޔާ ހަދާ ކަމަށާއި ޑރ މުއިއްޒުވެސް އެކުރީ އެފަދަ އަމަލެއް ކަމަށެވެ.
މީގެ އިތުރުން އެ ޕޯސްޓުގައި ބުނެފައިވަނީ ޑރ މުއިއްޒު އަކީ އިސްލާމީ ލީޑަރެއް ކަމަށް ދައްކައިގެން ވެރިކަމަށް އައިސް ނާޖާއިޒް އެތައް މަންފާއެއް ހާސިލް ކުރަމުންދާ ވެރިއެއް ކަމަށާއި، ސަލަފު ޖަމިއްޔާގެ މީހުން ތިބީ މިކަން ނުފެންނަ ކަމަށް ހަދައިގެން، މުއިއްޒުގެ ވެރިކަމުން ލިބޭ މަންފާގެ ދަހިވެތި ކަމުގައި ކަމަށެވެ.
މިކަމާ ގުޅިގެން ގިނަ ދިނީ އިލްމުވެރިންވެސް ބުނަމުން ދަނީ ޑރ މުއިއްޒު ކޮށްފައި އެވަނީ ޝިރުކުގެ އަމަލެއް ކަމަށެވެ.