March 21, 2026
Advertisement
ޕީއެންސީގެ ވެރިން
ޕީއެންސީގެ ވެރިން / ސޯޝަލް މީޑިއާ

ޕީއެންސީގެ ޗެއަރޕާސަންގެ މަގާމަކީ ޕާޓީގެ ރައީސް އައްޔަންކުރާ މަގާމަކަށް ހަދައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Feb 11, 2025, 02:41 AM
މާލެ ސިޓީ

ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއަރޕާސަންގެ މަގާމަކީ ޕާޓީގެ ރައީސްއަށް މީހަކު އައްޔަނުކުރެވޭ މަގާމެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

Advertisement

ނަން ހާމަނުކުރުމަށް ޝަރުތުކޮށް ޕީއެންސީގެ ސެނެޓުގައި ހިމެނިވަޑައިގަންނަވާ މެމްބަރަކު "ތޭރަ އޮންލައިން" އަށް މައުލޫމާތު ދީފައިވާ ގޮތުގައި ޕީއެންސީގެ ޗެއާޕާސަންގެ މަގާމަކީ ޕާޓީގެ ރައީސް އައްޔަން ކުރައްވާ މަގާމެއްގެ ގޮތުގައި ހަމަޖެއްސީ ޕީއެންސީގެ އަސާސީ ގަވާއިދަށް ބަދަލު ގެނެސްެގެންނެވެ. އެގޮތުން އާދިއްތަ ދުވަހު ޕާޓީގެ ލީޑަރޝިޕުން ބެއްވި ބައްދަލުވުމެއްގައި މި ބަދަލު ވަނީ ގެނެސްފައެވެ.

ކުރިން އޮތް ގޮތުން ނަމަ ޗެއާޕާސަން ކަމަށް ބޭފުޅަކު އައްޔަން ކުރަންޖެހެނީ ޕާޓީގެ އެންމެ މަތީ މަޖިލީހުގެ ބައްދަލުވުމަކުންނެވެ. ނަމަވެސް މި ގެނައި ބަދަލާއެކު މިހާރު ޗެއާޕާސަން ކަމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲގެ މަގާމަށް ވާނެ ގޮތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ. އެހެނީ މި ފަދަ ބޮޑު ބަދަލެއް ޕާޓީގެ އަސާސީ ގަވާއިދަށް ގެނެސްފައި މިވަނީ ވެރިކަން ކުރާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲއާއި އެ ޕާޓީގެ ރައީސް، ރައީސް ޑރ. މުޙައްމަދު މުއިއްޒާ ދެމެދު ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި ކަމަށް ވުމުންނެވެ.

މީގެ ކުރިން ޕީއެންސީގެ އޮފީހުގައި ހުރި އަބްދުއްރަހީމުގެ ކެބިންގެ ތަޅުވެސް ވަނީ ބަދަލުކޮށް އެ ކެބިނަށް އަބްދުއްރަހީމަށް އެކްސެސް ނުވެވޭ ގޮތްވެސް ސީދާ ރައީސް މުއިއްޒުގެ އެންގެވުމަށް ހަދާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved