March 22, 2026
Advertisement
ފަތުރުވެރިން ރާއްޖޭގައި
ފަތުރުވެރިން ރާއްޖޭގައި / ސީ.އެން.އެން

2025 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާގައި ނޭޕާލަށް ވުރެ ދިވެހިރާއްޖެ ކުރީގައި

Hussain Nawaf
ހުސައިން ނަވާފް
Feb 11, 2025, 10:40 PM

2025 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާގައި ނޭޕާލަށް ވުރެ ދިވެހިރާއްޖެ ކުރީގައި އޮތްކަން ހާމަވެއްޖެއެވެ.

Advertisement

ޓުއަރިޒަމް މިނިސްޓްރީން އާންމު ކުރާ ޑެއިލީ ޓުއަރިސްޓް އަރައިވަލްސް ރިޕޯޓުގައިވާ ގޮތުގެ މަތިން ޖެނުއަރީ 2025ގެ ނިޔަލަށް ދިވެހިރާއްޖެއަށްވަނީ 214,864 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެއީ ނިމިދިޔަ އަހަރާއި ބަލާއިރު 11.7 އިންސައްތައިގެ ކުރި އެރުމެއްކަން ފާހަގަކޮށްލެވެއެވެ.

މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި ގައުމަކީ ޗައިނާއެވެ.

ޑެއިލީ ޓުއަރިސްޓް އަރައިވަލްސް ރިޕޯޓު
ޑެއިލީ ޓުއަރިސްޓް އަރައިވަލްސް ރިޕޯޓު

ނޭޕާލް ޓޫރިޒަމް ބޯޑު އެންޓީބީ އިން ހާމަ ކުރާ ގޮތުގައި 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ޖުމްލަ 79،991 ފަތުރުވެރިން ނޭޕާލަށް ޒިޔާރަތްކޮށްފައިވެއެވެ.

އެންމެ ގިނަ ފަތުރުވެރިން ނޭޕާލަށް އައިސްފައިވަނީ އިންޑިއާ އިންނެވެ. ޖެނުއަރީ މަހު އިންޑިއާއިން 20،485 ފަތުރުވެރިން ނޭޕާލަށް ޒިޔާރަތްކޮށްފައިވެއެވެ.

ނޭޕަލްގެ އިންޓަނޭޝަނަލް ވިޒިޓަރ އަރައިވަލްސް ބައި ނޭޝަނަލިޓީ ރިޕޯޓު
ނޭޕަލްގެ އިންޓަނޭޝަނަލް ވިޒިޓަރ އަރައިވަލްސް ބައި ނޭޝަނަލިޓީ ރިޕޯޓު

އެގޮތުން ރާއްޖެ އާއި އަޅާ ކިޔާއިރު ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖެއަށްވަނީ 134،873 އިތުރު ފަތުރުވެރިން ޒިޔާރަތްކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved