ދެއަހަރުގެ ކުއްޖާ ރޭޕްކުރި އިބްރާހިމް ދީދީ ވަނީ ޖަލުގައި މަރުވެފައި / ޕޮލިސް މީޑިޔާ
ހަބަރު
ކަނޑުހުޅުދޫގައި ދެ އަހަރުގެ ކާފަ ދަރިފުޅަށް ޖިންސީ ގޯނާ ކުރި މީހާ ޖަލުގައި މަރުވެއްޖެ
Mariyam Isaadha
މަރިޔަމް އިސާދާ
14 ފެބްރުއަރީ 2025
މާލެ ސިޓީ

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އެންމެ ދެ އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރު ކުރި އެ ކުއްޖާގެ ކާފަ ރޭ ޖަލުގައި މަރުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ އުމުރުން 67 އަހަރުގެ އިބްރާހިމް ދީދީ މަރުވެފައި ވަނީ ރޭ ދަންވަރު ކުއްލި ގޮތަކަށް ކަމަށެވެ.

އެގޮތުން، ރޭ އޭނާ ހޭލާ އުޅެނިކޮށް ކުއްލިއަކަށް ވެއްޓުމާއި ގުޅިގެން މެޑިކަލް ޓީމްއިން ބަލައި، އަވަސް ފަރުވާ ދިނުމުންވެސް ހަރަކާތް ނުކުރާތީ، އެމަޖެންސީ ހާލަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހުވެސް ހަރަކާތެއް ނެތުމުން، އޭނާ މަރުވެފައިވާކަމަށް ކަނޑައަޅާފައި ވަނީ ރޭގެ މެންދަމުން އަލިވެ، 2:40 ކަށް ހާއިރުގައެވެ.

އޭނާއަކީ ހައި ބަލްޑް ޕްރެޝަރ، ކޮލެސްޓްރޯލް އަދި ޓްރެމަރސް، ފަދަ ބަލިތަކަށް ބޭސްކުރަމުން އައި މީހެކެވެ.

އިބްރާހިމް ދީދީ މަރުވުމާއި ގުޅިގެން ވަގުތުން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާ ކަމަށް އެސަރވިސްއިން ބުނެއެވެ.

ކާފަ ދަރިފުޅަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރު ކުރިއިރު އިބްރާހިމް ދީދީއަކީ އޭނާ ދިރިއުޅެމުން އައި ރަށުގައި އިމާމުވެ ނަމާދު ކުރަމުން އައި މީހެކެވެ.

ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރު ކުރި އެ ކުއްޖާގެ މުނި ކާފަ ހަސަން މޫސާ ދީދީ، 85، މަރުވީ ވެސް ޖަލުގަ އެވެ. އޭނާ މަރުވީ ސެޕްޓެމްބަރު، 2023، ގައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved