March 15, 2026
Advertisement
ރަސްފަންނު
ރަސްފަންނު / މާލެ ސިޓީ ކައުންސިލް

މަރާމާތުގެ މަސައްކަތް ފަށާތީ ރަސްފަންނަށް މޫދަށް އެރުން މަނާ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Feb 17, 2025, 04:15 AM
މާލެ ސިޓީ

ރަސްފަންނު މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

Advertisement

މާލޭ ސިޓީ ކައުންސިލުން ބުނީ ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދުގެ 500 އަކަ މީޓަރުގެ ބޮޑުމިނުގެ ސަރަޙައްދެއްގައި އެއް ފޫޓުގެ ފުންމިނަށް ކިސަޑު ޖަމާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން، އެ ސަރަޙައްދުން ކިސަޑު ނަގައި، ބީޗަށް ވެލި އެޅުމުގެ މަސައްކަތް މާދަމާ ހެނދުނު 9 ޖަހާއިރު ފެށޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

މި މަސައްކަތް ފެށި ކުރިއަށްދާ މުއްދަތުގައި، މަސައްކަތް ނިމެންދެން ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް ބަންދުވާނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ރަސްފަންނު މަރާމާތު ކުރުމަށްފަހު ދެން އެ ތަން ވީރަނަވާން ދޫކޮށް ނުލައްވާނެ ކަމަށާއި ދެން ރަސްފަންނު ބަލަހައްޓަމުން ދާނީ ސީދާ މާލެ ސިޓީ ކައުންސިލުން ކަމަށެވެ.

ރަސްފަންނަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ތަރައްގީކޮށްފައިވާ ތަންތަނެވެ.

ތޮށްޖެހިފައިވާ މާލޭގައި ރައްޔިތުން ހިތްއުފާކޮށްލުމަށް ދާނެ ތަންތަން ނެތްއިރު، އެ ތަންތަން ތަރައްގީކުރުމާ އެކު ވެގެންދިޔައީ އާއިލާއާ ވަކިން ޚާއްސަކޮށް ކުޑަކުދިން ގޮވައިގެން ހިތްއުފާކޮށްލުމަށް ލިބުނު ތަންތަނަށެވެ.

ނަމަވެސް، ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން މިހާރު އެ ތަންތަން ވަނީ ވަރަށް ބޮޑަށް ވީރާނާވެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved