April 25, 2026
Advertisement
މާލޭގެ މޭޔަރަށް ހަމަލާ ދޭން އުޅެފި
މާލޭގެ މޭޔަރަށް ހަމަލާ ދޭން އުޅެފި / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

މާލޭގެ މޭޔަރަށް ހަމަލާ ދޭން އުޅެފި

Apr 24, 2026, 11:45 PM
މާލެ ސިޓީ

މާލޭގެ މޭޔަރުކަމުގައި މިހާރުވެސް ހުންނެވި އަދި ކުރިއަށް އޮތް ދައުރަށްވެސް ހޮވިވަޑައިގެން ހުންނެވި އާދަމް އާޒިމަށް ހަމަލާ ދޭން މީހަކު މަސައްކަތްކޮށްފިއެވެ.

Advertisement

އާޒިމަށް ހަމަލާދޭން މަސައްކަތްކޮށްފައިވަނީ އެމްޑީޕީއިން މިރޭ ބާއްވަމުންދާ އިހުތިޖާޖުގެ ބައިވެރިންނާ އެކު ހިނގާލުމުގައި ހުންނަވަނިކޮށެވެ.

ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އާޒިމަށް ހަމަލާ ދެނީ އިހުތިޖާޖުގެ ބައިވެރިން ހިނގަމުން ދިޔަ މަގުގައި ހުއްޓިލައިގެން ހުރި ޒުވާނެކެވެ. އެ ޒުވާނާ އާޒިމް ގައިގައި އަތް އަޅާ ކޮށްޕާލާ މަންޒަރު ފެނިގެން ދެއެވެ. އަދި އިހުތިޖާޛުގެ ބައިވެރިން އާޒިމްގެ ދިފާއުގައި ނުކުންނަ މަންޒަރު ވެސް ފެނިގެން ދެއެވެ.

އާޒިމަށް ހަމަލާ ދިފައިވަނީ، ބޮޑުރަސްގެފާނު މަގުން ގަލޮޅު ސަހަރާ ކައިރިން މުޒާހަރާގެ ބައިވެރިން ދަނިކޮށް، ކުއްލި ގޮތަކަށް މީހަކު މުޒާހަރާގެ ތެރެއަށް ވަދެގެންނެވެ. 

 މުޒާހަރާގެ ބައިވެރިން ތުހުމަތު ކުރާ ގޮތުގައި މިއީ އިދިކޮޅު ހަރަކާތްތަކަށް ހުރަސް އެޅުމުގެ މަގުސަދުގައި ސަރުކާރު އަޑީގައި އޮވެގެން ހިންގާފައިވާ އަމަލެކެވެ.  

އާޒިމް ވިދާޅުވީ، ސަރުކާރުގެ މިފަދަ ފިނޑި އަމަލުތަކުގެ ސަބަބުން ބިރުން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތުގައި ސާބިތުކަމާއެކު ދެމިހުންނަވާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved